ދުނިޔެ

ދިހަ އަހަރަށްފަހު އިރާގާއި ސޫރިޔާ ގުޅުވައިދޭ ބޯޑަރު ކްރޮސިން އަލުން ހުޅުވައިފި

ދިހަ އަހަރަށްފަހު އިރާގާއި ސޫރިޔާ ގުޅުވައިދޭ ބޯޑަރު ކްރޮސިން އަލުން ހުޅުވައިފި

އިރާޤާއި ސީރިޔާ ގުޅޭ ބޯޑަރު ސަރަހައްދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 އޭޕްރީލު 2026، 08:31

21 އޭޕްރީލު 2026، 08:31

ދިހަ އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ބަންދުކޮށްފައި އޮތުމަށްފަހު، އިރާގާއި ސޫރިޔާ ގުޅުވައިދޭ މުހިންމު ބޯޑަރު  ހޯމަ ދުވަހު އަލުން ހުޅުވައިފިއެވެ. މި ފިޔަވަޅަކީ ދެ ގައުމުގެ ދެމެދުގައި ވިޔަފާރި އާލާކުރުމަށާއި، ހޯރްމޫޒް ކަނޑުއޮޅީގައި ކުރިމަތިވަމުންދާ ހުރަސްތަކާ ގުޅިގެން ތެޔޮ އެކްސްޕޯޓް ކުރުމަށް އެއްގަމު މަގެއް ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

އިރާގުގައި "ރާބިއާ" އަދި ސޫރިޔާގައި "ޔަރުބިއްޔާ" ގެ ނަމުން ނަންދެވިފައިވާ މި ބޯޑަރު ކްރޮސިން ބަންދުކުރީ 2011 ވަނަ އަހަރު ސޫރިޔާގެ ދާޚިލީ ހަނގުރާމަ ފެށުމާ ގުޅިގެންނެވެ. އޭގެ ފަހުން 2014 ވަނަ އަހަރު ދާއިޝް ޓެރަރިސްޓް ގްރޫޕުން މި ސަރަހައްދު ހިފި ނަމަވެސް، ފަހުން އިރާގުގެ ކުރުދީ ޕެޝްމާގާ ފައުޖުތަކުން ވަނީ އެ ސަރަޙައްދު އަނބުރާ ހޯދާފައެވެ.

ސޫރިޔާގެ ދައުލަތުގެ ނޫސް އެޖެންސީ ކަމަށްވާ ސަނާ (SANA) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ދެ ޤައުމުގެ އޮފިޝަލުން ވަނީ ބޯޑަރު ކްރޮސިންގައި ބައްދަލުކުރައްވައި، ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ގޮތަށް މުދާ އުފުލުމާއި ވިޔަފާރީގެ ކަންކަން ވިލަރެސްކޮށް ހަރުދަނާކުރާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

އިރާގުގެ ނިނެވާ ޕްރޮވިންޝަލް ކައުންސިލްގެ މެންބަރެއް ކަމަށްވާ ނާދިއާ އަލް-ޖުބޫރީ މި ރަސްމިއްޔާތުގައި ވިދާޅުވީ، މި ބޯޑަރު އަލުން ހުޅުވުމުގެ ސަބަބުން "ވިޔަފާރީގެ މުއާމަލާތްތަކަށާއި މި ބޮޑު ދޮރާށީގެ ތެރެއިން ތެޔޮ އުފުލުމަށް" މަގުފަހިވެގެންދާނެ ކަމަށެވެ.

ނަމަވެސް، އެއްގަމު މަގުން ތެޔޮ އުފުލުމަކީ ކަނޑުގެ މަގުން ޕައިޕްލައިންތަކާއި ޓޭންކަރުތަކުގައި ތެޔޮ އުފުލުމާ އަޅާބަލާއިރު މާ ކުޑަ މިންވަރެކެވެ. އިރާގުގެ ބަޖެޓުގެ ގާތްގަނޑަކަށް 90 އިންސައްތަ ތެލުގެ އާމްދަނީއަށް ބަރޯސާވާއިރު، އެ ޤައުމުގެ ގިނަ ތެޔޮ އެކްސްޕޯޓް ކުރަނީ ދުނިޔޭގެ ތެލުގެ 20 އިންސައްތަ ދަތުރުކުރާ މުހިންމު ހޯރްމޫޒް ކަނޑުއޮޅި މެދުވެރިކޮށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450