Ads by Farudhun

ޚަބަރު

ދަނާލުގައި ޒުވާނަކު ނިޔާވުމާއި ގުޅިގެން ދޮގު މަޢުލޫމާތު ނުފެތުރުމަށް ފުލުހުން އެދިއްޖެ

ދަނާލުގައި ޒުވާނަކު ނިޔާވުމާއި ގުޅިގެން ދޮގު މަޢުލޫމާތު ނުފެތުރުމަށް ފުލުހުން އެދިއްޖެ

ޝަހީދު ހުސެއިން އާދަމް ބިލްޑިންގ--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

22 އޭޕްރީލު 2026، 10:31

22 އޭޕްރީލު 2026، 10:31

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ، އެމްއެންޔޫގެ ދަނާލުގައި ޒުވާނަކު ނިޔާވުމާއި ގުޅިގެން ދޮގު މަޢުލޫމާތު ނުފެތުރުމަށް ފުލުހުން އެދިއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، 2026 އޭޕްރީލް 20 ވަނަ ދުވަހުގެ ރޭ، މާލޭގައި ކުދިން ބައިތިއްބާ އެކޮމޮޑޭޝަނެއްގައި 18 އަހަރުގެ އަންހެނަކު ނިޔާވި ހާދިސާ، ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީގު ކުރަމުންދާ ކަމަށެވެ. އަދި މި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރަމުންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން، މި މައްސަލައާ ގުޅޭގޮތުން ސޯޝަލް މީޑިއާ އާއި އެނޫންވެސް ވަޞީލަތްތަކުގައި ޙަޤީގަތާ ޚިލާފު ވާހަކަތަކާއި، އަސާސެއް ނެތް ތުހުމަތުތަކުގެ އިތުރުން ވީޑިއޯ ފަދަ ތަކެތި ފަތުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި ޞައްޙަކަން ކަށަވަރުނުވާ އެފަދަ މަޢުލޫމާތު ފެތުރުމަކީ، މަރުހޫމްގެ ޢާއިލާއަށް ލިބޭ އިތުރު ހިތްދަތިކަމަކަށްވުމުގެ އިތުރުން، ފުލުހުން ހިންގަމުންދާ ޖިނާޢީ ތަޙުޤީގަށް ހުރަސްއެޅިދާނެ ކަމެއްކަމަށް ފުލުހުން ވިދާޅުވިއެވެ.

އެހެންކަމުން، ޞައްޙަކަން ކަށަވަރުނުކުރެވޭ މި ފަދަ މަޢުލޫމާތު ނުފެތުރުމަށް ފުލުހުން ވަނީ އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450