Ads by Farudhun

ޚަބަރު

ރާއްޖޭގެ ތަސައްވުރު ހަޑިކުރަން އުޅޭކަމަށް ވިދާޅުވެ، އެމްޑީޕީގެ މުޒާހަރާތަކަށް ޒަރީރުގެ ފާޑުކިޔުން!

ރާއްޖޭގެ ތަސައްވުރު ހަޑިކުރަން އުޅޭކަމަށް ވިދާޅުވެ، އެމްޑީޕީގެ މުޒާހަރާތަކަށް ޒަރީރުގެ ފާޑުކިޔުން!

އެމްޕީ ޒަރީރު/ފޮޓޯ: މަޖިލިސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

22 އޭޕްރީލު 2026، 02:58

22 އޭޕްރީލު 2026، 02:58

މެދުއިރުމަތީގެ ހަނގުރާމައިގެ މި ހާލަތުގައި ވެސް އެމްޑީޕީން ރާއްޖޭގެ ތަސައްވުރު ހަޑިކުރަން އުޅޭކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ޙަސަން ޒަރީރު އެޕާޓީގެ މުޒާހަރާތަކަށް ފާޑުވިދާޅުވެއްޖެ އެވެ.

އިދިކޮޅު އެމްޑީޕީން 12 ޑިމާންޑެއް ފުރިހަމަ ކުރުމަށް އަދުގެ ސަރުކާރަށް ހުށަހަޅާފައިވާއިރު، ސަރުކާރު ވައްޓާލަން ގޮވާލައި އެމްޑީޕީން ދަނީ މާލޭގެ އެކި ސަރަޙައްދުތަކުގައި ސިލްސިލާ ގޮތެއްގައި މުޒާހަރާތަކެއް ކުރަމުންނެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބަހުސްކުރައްވަން ލިބިވަޑައިގެންނެވި ފުރުޞަތުގައި މެމްބަރު ޒަރީރު ވަނީ އެ މުޒާހަރާތަކުގެ މައްޗަށް އަލިއަޅިއްވާލައްވާފަ އެވެ. އެގޮތުން، މެދުއިރުމަތީގައި ހަނގުރާމައެއް ފެށިފައިވާ މި ހާލަތުގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު މަދުވެ، އިޤްތިޞާދީ ނާޒުކު ހާލަތެއް ރާއްޖެއަށް ކުރިމަތިވެފައިވާއިރު ވެސް އެމްޑީޕީން މުޒާހަރާކުރަމުންދާތީ އެކަމަށް ވަރަށް ބޮޑަށް ޒަރީރު ވަނީ ފާޑު ވިދާޅުވެފައެވެ. 

ހަމަ އެއާއެކު، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ އެކި ކަންކަމުން ސަލާމަތްވުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާކަން ޒަރީރު ވަނީ ފާހަގަކުރައްވާފަ އެވެ. ހަމަ އެހެންމެ، ސަރުކާރުން އަޅުއްވާ ފިޔަވަޅުތައް ރައްޔިތުންނަށް ވިސްނާދޭންޖެހޭނީ ޙަޤީގަތާ އެއްގޮތަށް ކަމަށާއި، މިއީ އިދިކޮށް ޕާޓީތަކުން ސަރުކާރަށް ޑިމާންޑުތައް ކުރަންވީ ވަޤުތު ނޫންކަމަށް މެމްބަރު ޒަރީރު ވިދާޅުވިއެވެ.

ސަރުކާރުން ގޯހަށް ކަމެއް ކުރާނަމަ އެކަމަކާ ގުޅިގެން ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ އިދިކޮޅު ފަރާތްތަކުގެ ޒިންމާއެއް. އެކަމަކު ކޮންމެ ރެއަކު މަގުމައްޗަށް ނުކުމެ މި ރާއްޖޭގެ ތަސައްވުރު ހަޑިކުރުމަށްޓަކައި، މި ރާއްޖެއަކީ ހަމަނުޖެހުމުގެ ތެރެއަށް ވަންނަމުންދާ ޤައުމެއްކަން ދެއްކުމަށްޓަކައި ތިޔަ ހިންގާ މުޒާހަރާތައް ހުއްޓާލާށޭ. އަދި ނުވޭ ރިޔާސީ އިންތިޚާބަށް ނުކުންނާކަށް. 

މެމްބަރު ޒަރީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ އިޤްތިޞާދީ ހާލަތާއި، ޤައުމުގެ ޙާލަތާ ބެހޭ ގޮތުން އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މެދުގައި ފަތުރަމުންދަނީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތައްކަން ޒަރީރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި އިންތިގާލީ ސަރުކާރެއް އެކުލަވައިލުން ފަދަ ކަންކަމަކަށް ޑިމާންޑުކޮށް އެމްޑީޕީން މި ކުރަމުން އަންނަ މުޒާހަރާތައް ހުއްޓާލުމަށް ޒަރީރު ވަނީ ގޮވާލައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450