ޚަބަރު
ޕޯސްޓް ބިލްޑިންގ އިން ދެމުން އައި ޚިދުމަތްތައް "މޯލްޑިވްސް ޕޯސްޓް-ސަރވިސް ސެންޓަރ" އަށް ބަދަލުކޮށްފި
މޯލްޑިވްސް ޕޯސްޓް-ސަރވިސް ސެންޓަރ--
ޕޯސްޓް ބިލްޑިންގ އިން ދެމުން އައި ޚިދުމަތްތައް "މޯލްޑިވްސް ޕޯސްޓް-ސަރވިސް ސެންޓަރ" އަށް ބަދަލުކޮށްފި އެވެ.
މޯލްޑިވްސް ޕޯސްޓްގެ މި ސަރވިސް ސެންޓަރ ޤާއިމުކޮށްފައިވަނީ، މ. އައިރިސް، އޯކިޑްމަގު، ގްރައުންޑް ފްލޮރގައެވެ. މި ތަން ހުންނާނީ ޖަސްޓިސް ބިލްޑިންގ ކުރިމައްޗަށް ވާގޮތަށެވެ.
މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ވިދާޅުވީ، މީގެ ކުރިން ޕޯސްޓް ބިލްޑިންގ އިން ދެމުން އައި ޕޯސްޓް ކުރުމުގެ ޚިދުމަތާއި، ޕާރުސަލް ދޫކުރުމާއި، ޕޯސްޓުން ދޭ އެހެނިހެން ޚިދުމަތްތައް ވެސް މިހާރު ލިބިގެންދާނީ އަލަށް ހުޅުވާފައިވާ ސަރވިސް ސެންޓަރުން ކަމަށެވެ. އެގޮތުން، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 09:00 އިން ފެށިގެން ހަވީރު 17:00 އާއި ހަމައަށް ސަރވިސް ސެންޓަރުން ޚިދުމަތް ލިބޭނެކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.
މިއީ ޕޯސްޓް ބިލްޑިންގ ހެޑް އޮފީސް ކުރިމަތިން މަގު ހެދުމުގެ މަސައްކަތްތައް ކުރިއަށްދާތީ، ޚިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ފޯރުކޮށްދިނުމަށް ގެނެވުނު ބަދަލެއްކަމަށް ވިދާޅުވިއެވެ.