Ads by Farudhun

ޚަބަރު

ނިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ %77 މަސައްކަތް ނިންމާލައިފި

ނިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ %77 މަސައްކަތް ނިންމާލައިފި

މަޝްރޫޢުގެ އަދާހަމަ/ފޮޓޯ: އެމްޓީސީސީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

22 އޭޕްރީލު 2026، 05:04

22 އޭޕްރީލު 2026، 05:04

ފ. ނިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ %77 މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފި އެވެ.

އެމްޓީސީސީން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ހިއްކި ބިން ހިމާޔަތް ކުރުމަށް ބޭނުންވާ ގައު ޖެހުމުގެ މަސައްކަތްތައް ކަމަށެވެ. އެއާއެކު، މުޅި މަޝްރޫޢުގެ ޖުމްލަ 77 އިންސައްތަ ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

މި މަސައްކަތް 2024 ވަނަ އަހަރުގެ މާރިޗު މަހުގެ 27 ވަނަ ދުވަހު އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، މި މަސައްކަތް 390 ދުވަސްތެރޭ ނިންމަންޖެހެއެވެ. ނިލަންދޫ އެއަރޕޯޓު އެޅުމަށް ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން 42.6 ހެކްޓަރުގެ ބިން ހިއްކާ ނިންމާލާފައިވާއިރު، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން 2098 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓް ޖެހުމާއި 1400 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމަށް ވެސް ވަނީ ނިންމާފައެވެ.

ފ. އަތޮޅަކީ މިހާތަނަށް ރާއްޖޭގައި އެއާޕޯޓެއް ނެތް މަދު އަތޮޅުތަކުގެ ތެރެއިން އެއް އަތޮޅެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތަރައްޤީކުރުމަށް އިޢުލާނުކޮށްފައިވާ 12 އެއާޕޯޓުގެ ތެރޭގައި ނިލަންދޫ އެއާޕޯޓް ހިމެނެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު މިދިޔަ އަހަރު ނިލަންދޫއަށް ކުރެއްވި ޒިޔާރަތުގައި ވިދާޅުވެފައި ވަނީ، މި އެއާޕޯޓަކީ ޖެޓް ޖެއްސޭ ފެންވަރަށް، 1800 މީޓަރުގެ ދިގު ރަންވޭއަކާއެކު ތަރައްޤީކުރާ އެންމެ ޒަމާނީ އެއާޕޯޓަކަށް ވެގެންދާނެ ކަމަށެވެ.

ފ. ނިލަންދޫގައި އެއަރޕޯޓެއް ޤާއިމްވުމާއެކު، އަތޮޅުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ގޮތުން އިތުރު ފަސޭހަތަކެއް ލިބި، ސަރަޙައްދީ ފަތުރުވެރިކަމަށް އިތުރު ހިތްވަރު ލިބިގެންދާނެ އެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450