ކުޅިވަރު / ޚަބަރު

ކުޅިވަރާ ބެހޭ ވުޒާރާގެ އެޑްވައިޒަރަކަށް މައުރޫފް، ޑެޕިއުޓީ ކޮމިޝަނަރު އޮފް ސްޕޯޓްސްގެ މަޤާމަށް ހާނިމް އައްޔަނުކޮށްފި

ކުޅިވަރާ ބެހޭ ވުޒާރާގެ އެޑްވައިޒަރަކަށް މައުރޫފް، ޑެޕިއުޓީ ކޮމިޝަނަރު އޮފް ސްޕޯޓްސްގެ މަޤާމަށް ހާނިމް އައްޔަނުކޮށްފި

ކުޅިވަރާ ބެހޭ ވުޒާރާގެ އިސް ދެމަޤާމަކަށް ދެބޭފުޅަކު އައްޔަނުކުރުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 އޭޕްރީލު 2026، 08:46

22 އޭޕްރީލު 2026، 08:46

ހުލާސާ


ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ  ސްޕެޝަލް އެޑްވައިޒަރުގެ މަޤާމަށާއި، ޑެޕިއުޓީ ކޮމިޝަނަރު އޮފް ސްޕޯޓްސްގެ މަޤާމަށް ބޭފުޅުން އައްޔަނުކުރައްވައިފިއެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ސްޕެޝަލް އެޑްވައިޒަރު ޓް ދަ މިނިސްޓަރ އޮން ސްޕޯޓްސްގެ މަޤާމަށް ހަމަޖައްސަވާފައިވަނީ ރާއްޖޭގެ ފުޓްބޯޅައިގެ މަޝްހޫރު ޝަޚްޞިއްޔަތެއް ކަމަށްވާ މައުރޫފް އަޙްމަދު (މާއްޓޭ) އެވެ. މާއްޓޭ މި މަޤާމަށް އައްޔަނުކުރެއްވިކަން އެ ވުޒާރާއިން މިހާރު ވަނީ ރަސްމީކޮށް އިޢުލާނުކޮށްފައެވެ.

މައުރޫފް އަޙްމަދަކީ ދިވެހި ފުޓްބޯޅައިގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ޚާއްޞަކޮށް ވިކްޓްރީ ސްޕޯޓްސް ކްލަބުން ވިދާލި މާއްޓޭ ވަނީ މީގެ ކުރިން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އެކި އިސް މަޤާމުތައް ވެސް ފުރުއްވާފައެވެ.

މީގެ އިތުރުން، ޑެޕިއުޓީ ކޮމިޝަނަރު އޮފް ސްޕޯޓްސްގެ މަޤާމަށް މުޙައްމަދު ހާނިމް ވަނީ އައްޔަނުކުރައްވާފައެވެ. ހާނިމަކީ ވެސް ކުޅިވަރުގެ ދާއިރާގައި ފާހަގަކޮށްލެވޭ ފަރާތެކެވެ. އޭނާ ވަނީ މީގެ ކުރިން ވެސް ކުޅިވަރުގެ ދާއިރާގެ އެކި އިސް މަޤާމުތައް ފުރުއްވައި، ދާއިރާގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

ކުޅިވަރުގެ ދާއިރާގެ ތަޖުރިބާކާރު ދެ ބޭފުޅަކު މި މަޤާމުތަކަށް އައްޔަނުކުރެއްވުމަކީ، ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދާނެ އިތުރު ހިތްވަރެއްގެ ގޮތުގައި ބެލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450