ވިޔަފާރި / ޚަބަރު

ހޫނު މޫސުމާ ދިމާކޮށް އެޑެލްވައިސް އެއާއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ

ހޫނު މޫސުމާ ދިމާކޮށް އެޑެލްވައިސް އެއާއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ

އެޑެލްވައިސް އެއާ ފޮޓޯ: އެޑެލްވައިސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

23 އޭޕްރީލު 2026، 11:30

23 އޭޕްރީލު 2026، 11:30

މިއަހަރުގެ ހޫނު މޫސުމާ ދިމާކޮށް ސްވިޒަލެންޑްގެ މަޝްހޫރު އެއާލައިން، އެޑެލްވައިސް އެއާއިން ދިވެހިރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމައިފިއެވެ.

މި ނިންމުމާ ގުޅޭގޮތުން އެ އެއާލައިނުން ހާމަކޮށްފައިވާ ގޮތުގައި، މިހާރުވެސް ރާއްޖެއަށް ކުރަމުން އަންނަ ޝެޑިއުލް ދަތުރުތަކުގެ އިތުރަށް، މިއަހަރުގެ ޖުލައި މަހުގެ 4 ވަނަ ދުވަހުން ފެށިގެން ސެޕްޓެންބަރު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ދަތުރުތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން މި މުއްދަތުގެ ތެރޭގައި ކޮންމެ ހަފުތާއެއްގެ ބުދަ އަދި ހޮނިހިރު ދުވަހު ރާއްޖެއަށް ދަތުރުތައް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ބަދަލާއެކު، ހޫނު މޫސުމުގެ ޗުއްޓީއާ ދިމާކޮށް އެޑެލްވައިސް އެއާއިން ރާއްޖެއަށް ޖުމްލަ 21 އިތުރު ދަތުރު ކުރާނެއެވެ. މިއީ ޔޫރަޕްގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮތް މަގުބޫލުކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި، އެ ގައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ދަތުރުފަތުރުގެ ފަސޭހަ ނިޒާމެއް ގާއިމުކޮށްދިނުމަށް ނިންމި ނިންމުމެކެވެ.

ސްވިޒަލެންޑްގެ ތިންވަނައަށް އެންމެ ބޮޑު އެއާލައިން ކަމަށްވާ އެޑެލްވައިސް އެއާއިން ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ 4 ނޮވެންބަރު 2000 ގައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ އަހަރަކީ އެ އެއާލައިނުން ރާއްޖެއަށް ދަތުރުކުރަން ފެށިތާ 25 އަހަރު ފުރުނު ރިހި ޔޫބީލް އަހަރެވެ.


Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450