Ads by Farudhun

ޚަބަރު

މަގު ހަދަނިކޮށް ކޭބަލަކަށް ގެއްލުންވެ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑިއްޖެ

މަގު ހަދަނިކޮށް ކޭބަލަކަށް ގެއްލުންވެ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑިއްޖެ

މަގުކޮންނަނިކޮށް ގެއްލުންވި ކޭބަލް ފޮޓޯ: ސްޓެލްކޯ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 އޭޕްރީލު 2026، 05:05

25 އޭޕްރީލު 2026، 05:05

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މަގު ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ކަރަންޓު ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެން އެ ސަރަހައްދުގެ ގިނަ އަދަދެއްގެ ޓަވަރުތަކަކުން މިއަދު ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެއެވެ.

މިއަދު މެންދުރުފަހު 14:00 ހާއިރު ކަރަންޓު ކެނޑުމާ ގުޅިގެން، ސްޓެލްކޯއިން ފުރަތަމަ ބުނެފައިވަނީ އެއީ ދިމާވި ޓެކްނިކަލް މައްސަލައެއް ކަމަށެވެ. ނަމަވެސް، މައްސަލަ ދެނެގަތުމަށްފަހު އެ ކުންފުނިން ފަހުން ހާމަކުރި ގޮތުގައި، ކަރަންޓު ކެނޑެން މެދުވެރިވީ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ކޮންނަނިކޮށް ހައި ވޯލްޓޭޖް ކޭބަލަކަށް ގެއްލުންވުމުގެ ސަބަބުންނެވެ.

ސްޓެލްކޯއިން ހިއްސާކުރި މައުލޫމާތަށް ބަލާއިރު، މި ހާދިސާގައި ކަރަންޓު ކެނޑިފައިވާ ސަރަހައްދުތަކަކީ:

ހިޔާ ޓަވަރު 5، 6 އަދި 7
ވިނަރެސް 10
އަމާން ދޯދި 12، 13، 14، 15 އަދި 16
އަމާން އުދަރެސް 5 އަދި 6
އެމްޕީއެލްގެ ހުރިހާ ޓަވަރުތައް


މިހާރު ދަނީ ކޭބަލް މަރާމާތުކޮށް، ވީ އެންމެ އަވަހަކަށް ޚިދުމަތް އަލުން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން،

ސްޓެލްކޯ


ދެވަނަ ފިޔަވަހިން ތަކުރާރުކޮށް ކަރަންޓު ކެނޑޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ސްޓެލްކޯއިން މިއަދު ވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި، މަގުކޮނުމުގެ މަސައްކަތްތައް ކުރާއިރު ކޭބަލްތަކަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވާހަކަދެކެވުނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450