ޚަބަރު
މާލެ ކަސްޓޯޑިއަލްގައި ބަންދުކޮށްފައި ހުރި މީހަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ
މާލޭ ކަސްޓޯޑިއަލް ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑަންޓް
މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުރި ދިވެހި ފިރިހެނަކު، ބަންދު ގޮޅީގައި ހަބަރު ހުސްވެފައި އޮއްވާ ފެނިގެން ހޮސްޕިޓަލަށް ގެންދިޔަ ފަހުން ނިޔާވެއްޖެއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ 2026 އޭޕްރީލް 24 ވާ ބުދަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. ބަންދު ގޮޅީގައި ހަބަރު ހުސްވެފައި އޮއްވާ ފެނިގެން އެ މީހާ ވަނީ ވަގުތުން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އެ މީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަކީ ކޯޓަށް ހާޒިރުކުރުމަށްޓަކައި ފުލުހުންގެ މައްޗަށް ކޯޓުން ކޮށްފައިވާ އަމުރަކާ ގުޅިގެން ފުލުހުންގެ ބަންދުގައި ހުރި މީހެކެވެ.
ފުލުހުންގެ ބަންދުގައި ހުއްޓާ މީހަކު ނިޔާވުމާ ގުޅިގެން، އެކަމުގެ މައުލޫމާތު ކަމާބެހޭ މުއައްސަސާތަކަށް މިހާރު ވަނީ ހިއްސާކޮށްފައެވެ. އެގޮތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މި ހާދިސާގެ ރިޕޯޓް ވަނީ ފޮނުވާފައެވެ.
މި މައްސަލަ ފުލުހުންގެ ފަރާތުން މިހާރު ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.