Ads by Farudhun

ޚަބަރު

މިލަންދޫ އެއާޕޯޓް މަޝްރޫޢު: 11 ހެކްޓަރުގެ ބިން ހިއްކާ ނިމިއްޖެ

މިލަންދޫ އެއާޕޯޓް މަޝްރޫޢު: 11 ހެކްޓަރުގެ ބިން ހިއްކާ ނިމިއްޖެ

ށ. މިލަންދޫ ބިން ހިއްކުމުގެ މަޝްރޫއު ފޮޓޯ: މުޙަމަދު ނާޝިދު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 އޭޕްރީލު 2026، 05:45

25 އޭޕްރީލު 2026، 05:45

ށ. މިލަންދޫގައި އެއާޕޯޓާއި ބަނދަރު ތަރައްޤީ ކުރުމަށް ކުރިއަށްގެންދާ ބޮޑު މަޝްރޫޢުގެ ދަށުން، މިހާތަނަށް 11 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕޭނީ (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިލަންދޫގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ މުހިންމު ވަޢުދުފުޅެކެވެ. ރައީސް ވިދާޅުވެފައިވަނީ އާބާދީގައި 2،700 އަށްވުރެ ގިނަ މީހުން ދިރިއުޅޭ މިލަންދޫގައި އެއާޕޯޓެއް ތަރައްޤީކޮށް، މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި އެ މަސައްކަތް ނިންމަވާނެ ކަމަށެވެ.

މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާ ހިއްސާ ކުރައްވަމުން އެމްއޭސީއެލްއިން ވިދާޅުވީ، ޖުމްލަ 25 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ 42 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ އެއްފަހަރާ 35،000 ކިއުބިކް މީޓަރުގެ ވެލި ނެގުމުގެ ޤާބިލުކަން ހުރި "ކުއީން އޮފް ދަ ނެދަލެންޑްސް" ޑްރެޖަރު ބޭނުންކޮށްގެންނެވެ.

މިލަންދޫ އެއާޕޯޓާއި ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް އެމްއޭސީއެލްއާ ޙަވާލުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. ސަރުކާރުގެ އަމާޒަކީ ޢަމަލީ މަސައްކަތް ފަށާ ދުވަހުން ފެށިގެން 8 މަސް ދުވަހުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ނިންމައި، ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި މުޅި މަޝްރޫޢު އެއްކޮށް ނިންމާލުމެވެ.

ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި، މި މަޝްރޫޢު ޑިޒައިންކޮށްފައިވަނީ ރަށުގެ ބިން އެންމެ ހެޔޮގޮތުގައި ބޭނުންކުރެވޭނެ ގޮތަށް ބަލައިގެންނެވެ. އެއާޕޯޓު އެޅުމަށްޓަކައި މިހާރު ބޭނުންކުރާ ބަނދަރު އެހެން ސަރަހައްދަކަށް ބަދަލުކުރަން ޖެހޭތީ، ރަށުގެ އެހެން ސަރަޙައްދަކުން ބަނދަރަށް ބޭނުންވާ ޖާގަ ހަމަޖައްސައި އެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެއެވެ.


Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450