ޚަބަރު
ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމް ކ. އަދި ވ. އަތޮޅުގައި ފަށައިފި
ޕްރޮގްރާމުގެ ފެށުން/ފޮޓޯ: ޞިއްޙީ ވުޒާރާ
ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމް ކ. އަދި ވ. އަތޮޅުގައި ފަށައިފިއެވެ.
އެ އަތޮޅުތަކުގައި، މި ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައިދެއްވީ ޞިއްޙަތާއި ޢާއިލާ އަދި އިޖުތިމާޢީ އެހީ އާއި ބެހޭ ވުޒާރާގެ ވަޒީރު ޤީލާ އަލީއެވެ.
ޕްރައިމަރީ ހެލްތު ކެއަރ ނުވަތަ އިބްތިދާއީ ޞިއްޙީ ޚިދުމަތުގެ ނިޒާމަކީ ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް މަދުކޮށް އެ ބަލިތައް އަވަހަށް ދެނެގަނެގެން، ރައްޔިތުންނާއި ގާތުން އިތުބާރު ހުރި، ފެންވަރު ރަނގަޅު ވަށާޖެހޭ ޚިދުމަތެއްގެ ތެރެއިން ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ފެށި ޕްރޮގްރާމެކެވެ. 13 އަތޮޅެއްގައި މި ޕްރޮގްރާމް މިހާރު ކުރިއަށް ގެންގޮސްފައިވާއިރު، 2026 ވަނަ އަހަރު ރާއްޖޭގެ ހުރިހާ އަތޮޅަކަށް މިޕްރޮގްރާމް ފުޅާކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.
މި ޕްރޮގްރާމުގައި ޢާންމު ބަލިތަކުގެ ހާލަތު ދެނެގަތުމަށްޓަކައި 18 އަހަރުން މަތީގެ ކޮންމެ ރައްޔިތެއްގެ ޕޭޝަންޓް ރިކޯޑެއް (މެޑިކަލް ހިސްޓްރީ) ނެގުމަށް ވަނީ ހަމަޖެހިފައެވެ. މި މެޑިކަލް ހިސްޓްރީގައި މިހާތަނަށް ކުރެވުނު ބޭސްފަރުވާ މަޢުލޫމާތު ރިކޯޑް ކުރެވޭނެއެވެ. އަދި ޞިއްޙީ ޚިދުމަތްތެރިން ގޭގެއަށް ޒިޔާރަތްކޮށް ޞިއްޙީ މަޢުލޫމާތު ފޯރުކޮށް، އެކި އެކި ބަލިބައްޔަށް ފަރުވާ ހޯދުމުންދާ ފަރާތްތަކަށް ލަފަޔާއި އިރުޝާދު ދިނުން ހިމެނެއެވެ.
Revitalisation of the Primary Health Care (PHC) programme began today in Kaafu and Vaavu Atolls, marking renewed efforts to strengthen services and enhance care delivery across communities.#PHCMaldives pic.twitter.com/LRJqg4wWuy
— Ministry of Health, Family and Welfare (@MoHmv) April 25, 2026
މީގެ އިތުރުން، ބަލިވުމަށްފަހު ބޭސްފަރުވާ ކުރާ ނިޒާމެކޭ އެއްފަދައިން ބަލިވުމުގެ ކުރިން ރައްކާތެރިވުމުގެ އާދަކާދަ އަށަގަންނަވާ، ބަލި އަވަހަށް ދެނެގަތުމަށް ފެށި މި އިބްތިދާއީ ޞިއްޙީ ނިޒާމަކީ ދުނިޔޭގެ އެކި ޤައުމުތަކުގެ ތަޖުރިބާއަށް ބަލާއިރު، އަދި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން އިރުޝާދު ދެއްވާ ގޮތުގައި ރައްޔިތުންނާއި ގާތުން ހަމަހަމަކަމާއެކު ޞިއްޙީ ޚިދުމަތް ދިނުމަށް އެންމެ އިތުބާރު ހުރި ނިޒާމެވެ.
މި ޞިއްޙީ ނިޒާމް ދިރުވާ އާލާކުރުމަށް ކ. އަތޮޅުގައި ބޭއްވި ރަސްމިއްޔާތުގައި "ޕްރައިމަރީ ހެލްތު ކެއަރ ރީވައިޓަލައިޒޭޝަން ޕްރޮގްރާމް" ގެ ކޮމިއުނިކޭޝަން ކެމްޕޭން ވަނީ އިފްތިތާޙްކޮށްފައެވެ.