Ads by Farudhun

ޚަބަރު

މީހަކު މެރުމުގެ ކުށް ސާބިތުވި ދިވެއްސަކު 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

މީހަކު މެރުމުގެ ކުށް ސާބިތުވި ދިވެއްސަކު 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ޖަލަށްލުމަށް ހުކުމްކުރި މީހާ/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

26 އޭޕްރީލު 2026، 12:21

26 އޭޕްރީލު 2026، 12:21

ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީގުކުރި، އެނގިހުރެ މީހަކު މަރައިލުމުގެ މައްސަލައެއްގައި ދައުވާ އުފުލި ދިވެއްސެއްގެ މައްޗަށް ކުށް ސާބިތުވެ 25 އަހަރަށް ޖަލަށްލުމަށް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ގދ. ތިނަދޫ/މަނާރު، މުޙައްމަދު ނިޡާމް (48އ) ގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ ދިވެހިރާއްޖޭގެ (ޤާނޫނު ނަންބަރު 9/2014) ޤާނޫނުލްއުޤޫބާތުގެ ދަށުންނެވެ.

ދިވެހި ފުލުހުންގެ ޚިދުމަތަށް މި މައްސަލަ ހުށަހެޅުމާއެކު، ފުލުހުން މި މައްސަލައިގެ ތަޙުޤީގު ފަށާފައިވާއިރު، މި މައްސަލައިގެ ތަޙުޤީގު ނިންމުމަށްފަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، އެ އޮފީހުން ވަނީ ކޯޓަށް މައްސަލަ ހުށަހަޅައި ދައުވާ އުފުލާފައެވެ. މި މައްސަލައިގައި ހުށަހެޅުނު ހެކިތަކަށާއި ޤާނޫނީ ބަހުސްތަކަށް ބެލުމަށްފަހު، 2026 އެޕްރީލް 22 ވަނަ ދުވަހު މުޙައްމަދު ނިޡާމްގެ މައްޗަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އެގޮތުން، މި ކުށުގެ އުގޫބާތެއްގެ ގޮތުން މުޙައްމަދު ނިޡާމް 25 އަހަރަށް ޖަލަށްލުމަށް ކަނޑައަޅައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 186 ވަނަ މާއްދާގެ ދަށުން މުޙައްމަދު ނިޡާމް، މި ދައުވާއާ ގުޅިގެން 3 ޖަނަވަރީ 2023 އިން ފެށިގެން 1 މާރިޗު 2026 އަށް، ޖުމުލަ 1154 ދުވަސް ބަންދުގައި ހުރުމުން އެ ދުވަސްތައް ހުކުމުގެ މުއްދަތުން ވަނީ އުނިކޮށްފައެވެ.

އެހެންކަމުން، މުޙައްމަދު ނިޡާމް ތަންފީޒުކުރަންޖެހޭ މުއްދަތަކީ 21 އަހަރާއި 10 މަހާއި 1 ދުވަހުގެ ޖަލު އަދަބުކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450