Ads by Farudhun

ޚަބަރު

މާރިޗު މަހުގެ ކަރަންޓު ބިލަށް އެއްވެސް އުނިއިތުރެއް ގެނަސްފައެއް ނުވާނެ: ފެނަކަ

މާރިޗު މަހުގެ ކަރަންޓު ބިލަށް އެއްވެސް އުނިއިތުރެއް ގެނަސްފައެއް ނުވާނެ: ފެނަކަ

ރަށެއްގައި ހުންނަ ފެނަކަ ބްރާންޗެއްގެ އޮފީހުގެ ބޭރުން---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

26 އޭޕްރީލު 2026، 07:00

26 އޭޕްރީލު 2026، 07:00

މާރިޗު މަހުގެ ކަރަންޓު ބިލަށް އެއްވެސް އުނިއިތުރެއް ގެނަސްފައި ނުވާނެކަމަށާއި، އެ މަހު ވެސް ރީޑިން ނެގުމުގައި ޢަމަލުކޮށްފައި ވާނީ އެހެން މަސްމަހުވެސް ރީޑިން ނެގުމުގައި އެ ކުންފުނިން ޢަމަލު ކުރަމުން އަންނަ އުޞޫލުގެ ތެރެއިން ކަމަށް، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ހާމަކޮށްފިއެވެ.

އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކަރަންޓު ބިލު ތައްޔާރުކުރުމުގައި އަބަދު ވެސް ޢަމަލު ކުރަމުން ދަނީ ޤާނޫނާއި ޤަވާއިދުތަކުން ކަނޑައެޅި އާންމު ކުރެވިފައިވާ އުޞޫލެއްގެ ތެރެއިން ކަމަށެވެ.

މި ކުންފުނިން ޢަމަލު ކުރަމުންދާ އުޞޫލަކީ، ޤާނޫނާއި ޤަވާއިދުތަކުން ކަނޑައެޅި، އާންމުކުރެވިފައި އޮންނަ އުޞޫލެކެވެ. މި އުޞޫލާ ޚިލާފަށް، މި ކުންފުނިން ޚިދުމަތް ދެމުންދާ އެއްވެސް ފަރާތެއްގެ ބިލެއް ތައްޔާރުކޮށް، ބިލަށް އުނިއިތުރެއް ގެނަސްފައި ނުވާނެކަމުގެ ޔަޤީންކަން އަރުވަމެވެ.

ފެނަކައިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ފެނަކައިން މި ބަޔާން ނެރެފައި މިވަނީ، މިދިޔަ މަހުގެ ކަރަންޓު ބިލު ބޮޑުވެފައި ވަނީ ރޭވުމެއްގެ ތެރެއިން ކަމަށް އާންމުންގެ ބައެއް ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގައެވެ. ޖުމްލަ ގޮތެއްގައި ސިޔާސީ މަންފާ ހޯދުމަށް މިފަދަ ވާހަކަތައް ފަތުރާ ފަރާތްތަކުން ބުނަމުންދަނީ، ރަމަޟާން މަހު އާންމު ގޭބިސީތަކުގެ ކަރަންޓު ބިލުން ޑިސްކައުންޓު ދިނުމަށްފަހު، ޖެހިގެން އައި މަހު ކަރަންޓު ބިލު ބޮޑުކޮށްފައި ވަނީ ގަސްތުގައި ރޭވިގެން ކަމަށެވެ. 

ނަމަވެސް ފެނަކައިން ބުނީ، ކޮންމެ އަހަރެއްގެ ވެސް މާރިޗު، އެޕްރީލް އަދި މެއި މަސް ހިމެނޭ ދުވަސްވަރަކީ އެންމެ ގިނަ އަދަދަކަށް ކަރަންޓު ބޭނުންކުރާ ދުވަސްވަރުކަމުން، އެ މަސްތަކުގައި ކަރަންޓު ބިލު ބޮޑުވަނީ ކަމަށެވެ. 

އަދި ކަރަންޓު ބިލާމެދު ޝައްކު އުފެދޭނަމަ ރީޑިން އިތުރަށް ޗެކްކުރުމަށް އެދުމުން އެކަން ހަމަޖައްސަދެވޭނަކަމަށް ފެނަކައިން ވަނީ ހާމަކޮށްފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450