Ads by Farudhun

ޚަބަރު

ރަސްގެތީމުގައި އެކަނި އުޅެމުން ދިޔަ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ރަސްގެތީމުގައި އެކަނި އުޅެމުން ދިޔަ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ރ. ރަސްގެތީމު މަތިން ފެންނަ ފޮޓޯއެއް---

farudhun logo

ފަރުދުން

27 އޭޕްރީލު 2026، 09:09

27 އޭޕްރީލު 2026، 09:09

ރ. ރަސްގެތީމުގައި އެކަނި ދިރިއުޅެމުން ދިޔަ ދިވެހި ފިރިހެނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރަސްގެތީމުން މަރުވެފައި އޮއްވާ ފެނުނީ އެ ރަށު ސޯސަންގެ އުމުރުން 55 އަހަރުގެ އިބްރާޙިމް ޔޫސުފްއެވެ.

އިބްރާޙިމް ޔޫސުފް ހޯދުމަށް ފުލުހުން ނިކުތީ އޭނާގެ ޚަބަރެއް ނުވާތާ ދެ ދުވަސްވެގެން އެކަން ފުލުހުންނަށް ރިޕޯޓު ކުރުމުންނެވެ. އެގޮތުން ރޭގެ 21:53 ހާއިރު އޭނާ ދިރިއުޅެމުންދިޔަ ގެޔަށް ވަދެ ބެލިއިރު، އޭނާ އޮތީ މަރުވެފައިކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުން އިތުރަށް ބުނީ އޭނާގެ ހަށިގަނޑުގެ ބޭރު ފުށުން އަނިޔާއެއްގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާކަމަށެވެ. 

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450