Ads by Farudhun

ޚަބަރު

ކުދި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތައް ބާރުވެރިކުރުމުގެ މަސައްކަތު ބައްދަލުވުން ނައިބު ރައީސް އިފްތިތާހުކޮށްދެއްވައިފި

ކުދި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތައް ބާރުވެރިކުރުމުގެ މަސައްކަތު ބައްދަލުވުން ނައިބު ރައީސް އިފްތިތާހުކޮށްދެއްވައިފި

ކުދި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތައް ބާރުވެރިކުރުމުގެ މަސައްކަތު ބައްދަލުވުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 އޭޕްރީލު 2026، 12:57

27 އޭޕްރީލު 2026، 12:57

ކޮމަންވެލްތް ޕާލިމަންޓަރީ އެސޯސިއޭޝަން (ސީޕީއޭ) އާއި ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ގުޅިގެން ބާއްވާ "ސީޕީއޭ ސްމޯލް ބްރާންޗަސް ވޯކްޝޮޕް" ރަސްމީކޮށް ފަށައިފިއެވެ. މި މަސައްކަތު ބައްދަލުވުން އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ.

"ކެޕޭސިޓީ ބިލްޑިންގ ވޯކްޝޮޕް: ސްޓްރޯންގް އެންޑް އިންޑިޕެންޑެންޓް ޕާލިމަންޓްސް އިން ސްމޯލް ޖުރިސްޑިކްޝަންސް" ގެ ނަމުގައި ކުރިއަށްގެންދާ މި ވޯކްޝޮޕަކީ ކުދި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ ގާބިލިއްޔަތު އިތުރުކޮށް، މިނިވަން އަދި ވަރުގަދަ މުއައްސަސާތަކަކަށް ހެދުމަށް ބާއްވާ ބައްދަލުވުމެކެވެ.

މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ކޮމަންވެލްތުގެ އެކި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކަށް ނިސްބަތްވާ މަންދޫބުންނާއި މެންބަރުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވައެވެ.

މި މަހުގެ 27 އިން 29 އަށް ރާއްޖޭގައި ކުރިއަށްދާ މި ވޯކްޝޮޕަކީ ސީޕީއޭގެ ފަރާތުން މިފަދަ ބައްދަލުވުމެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ކުދި ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަނެ، ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ގާނޫނު ހަދާ މަޖިލިސްތައް އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ތަޖުރިބާ ހިއްސާކުރުމެވެ.

މިފަދަ ބައިނަލްއަގުވާމީ ބައްދަލުވުމެއް ރާއްޖޭގައި ބޭއްވުމަކީ ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ މަސައްކަތްތައް ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަކަމުގެ ހެއްކެއް ކަމަށް މަޖިލީހުގެ އިދާރާއިން ފާހަގަކުރައްވައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450