Ads by Farudhun

ޚަބަރު

ސާބިތުނުހިފޭ ވާހަކަ ފަތުރާ މީހުންގެ އަބުރުކަތިލަމުންދާތީ، އަބުރުގެ ޤާނޫނު އަލުން އަންނަންޖެހޭ: ބޮޗޭ

ސާބިތުނުހިފޭ ވާހަކަ ފަތުރާ މީހުންގެ އަބުރުކަތިލަމުންދާތީ، އަބުރުގެ ޤާނޫނު އަލުން އަންނަންޖެހޭ: ބޮޗޭ

ޢަބްދުﷲ ރިފާއު (ބޮޗޭ)/ފޮޓޯ: މަޖިލިސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

28 އޭޕްރީލު 2026، 12:01

28 އޭޕްރީލު 2026، 12:01

ސާބިތުނުހިފޭ ވާހަކަތައް ފަތުރާ މީހުންގެ އަބުރުކަތިލަމުންދާތީ، އަބުރުގެ ޤާނޫނު އަލުން އަންނަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެމްބަރު ޢަބްދުﷲ ރިފާއު (ބޮޗޭ) ވިދާޅުވެއްޖެއެވެ.

މެމްބަރު ރިފާއު މިފަދައިން ވިދާޅުވީ، "އަދަދު" ނޫހުން މިދިޔަ މަހު ރައީސުލްޖުމްހޫރިއްޔާއާއި ގުޅުވައިގެން ޢާންމުކުރި ޑޮކިއުމެންޓްރީއަކާއި ގުޅިގެން، ގިނަ ބައެއް ފާޑުކިޔަމުންދާ މި ދަނޑިވަޅުގައި 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިކަމާއި ގުޅިގެން މެމްބަރު ޢަބްދުﷲ ރިފާއު ވިދާޅުވީ، ކޮންމެ މީހަކަށް ވެސް ސާބިތު ނުހިފޭ ވާހަކަތައް ފަތުރާ، އަނެކާގެ އަބުރުކަތިލެވިދާނެ ކަމަށެވެ. އަދި މި ސަބަބަށްޓަކައި މީގެ ކުރިން އަބުރުގެ ޤާނޫނެއް ވުޖޫދުކޮށްފައިވާކަން ފާހަގަކުރައްވަމުން ރިފާއު ވަނީ، އަލުން މި ޤާނޫނު އަންނަންޖެހޭކަމަށް ވިދާޅުވެފައެވެ.

އަޅުގަނޑުމެންގެ ރައީސްގެ ޢާއިލާގެ އަބުރުކަތިލާ، އަގުވައްޓާލަން ފޮރުވިގެންތިބެ ބަޔަކު ކުރާ ކަންކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން.

މެމްބަރު ރިފާއު ވިދާޅުވިއެވެ.

މީގެ އިތުރުން ރިފާއު ވަނީ، ރައީސުލްޖުމްހޫރިއްޔާއަށް ފުރިހަމަ އިތުބާރު އޮންނެވިކަން ހާމަކުރައްވާ، ޤައުމަށްޓަކައި އެމަނިކުފާނު ކުރައްވާ ބުރަ މަސައްކަތަށް ޝުކުރު ދަންނަވާފައެވެ.

އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނެއް 2016 ވަނަ އަހަރު އެކުލަވާލައި، އެއަށް ޢަމަލުކުރަން ފަށާފައިވާއިރު، މި ޤާނޫނު 2018 ވަނަ އަހަރު ވަނީ އުވާލާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450