Ads by Farudhun

ޚަބަރު

ސްޓެލްކޯގެ އެމްޑީގެ މަޤާމަށް ވަޤުތީގޮތުން އެ ކުންފުނި ހިންގުމާ ހަވާލުވެ ހުންނެވި އަޒްވަރު ޢައްޔަނުކުރައްވައިފި

ސްޓެލްކޯގެ އެމްޑީގެ މަޤާމަށް ވަޤުތީގޮތުން އެ ކުންފުނި ހިންގުމާ ހަވާލުވެ ހުންނެވި އަޒްވަރު ޢައްޔަނުކުރައްވައިފި

އަޒްވަރު/ފޮޓޯ: އައްޑޫ ލައިވް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

28 އޭޕްރީލު 2026، 03:39

28 އޭޕްރީލު 2026، 03:39

ސްޓެލްކޯގެ އެމްޑީގެ މަޤާމަށް ވަޤުތީގޮތުން އެ ކުންފުނި ހިންގުމާ ހަވާލުވެ ހުންނެވި އަޒްވަރު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، (ޕީސީބީ) އިން ޢައްޔަނުކުރައްވައިފިއެވެ.

ޕީސީބީ އިން އެކްސް ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ބޭފުޅަކު ޢައްޔަނުކޮށްފައިވާ ކަމަށެވެ. އެގޮތުން، އެ މަޤާމަށް ޢައްޔަނުކޮށްފައި ވަނީ،  ސ. ފޭދޫ / ނެސްޕްރޯވިލާ، ޑރ. އަލީ އަޒްވަރު ކަމަށް ޕީސީބީ އިން ވަނީ ބުނެފައެވެ.

ސްޓެލްކޯގެ ހިންގުން ވަގުތީ ގޮތުން އެންމެ ފުރަތަމަ އޭރުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރާ ހަވާލުކޮށްފައިވަނީ، އޭރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އަހުމަދު ޝަމާހު ރަޝީދު އެ މަޤާމުން ވަކިކުރުމާ ގުޅިގެންނެވެ. ޝަމާހު މަޤާމުން ވަކިކޮށްފައި ވަނީ، އޭނާގެ އަޑު ކަމަށް ބެލެވޭ މީހަކު ސްޓެލްކޯ މެދުވެރުކޮށް ނާޖާއިޒު ފައިދާ ނަގާކަމަށް ބުނެ ވާހަކަ ދައްކާ އޯޑިއޯއެއް ލީކުވެފައިވާ ދަނޑިވަޅެއްގައެވެ.

މި ސަރުކާރުގައި، ފުރަތަމަ ސްޓެލްކޯ އެމްޑީގެ މަޤާމު ފުރުއްވި ހުސެއިން ފަހުމީ މިހާރު ހުންނަވަނީ އެމް.ޑަބްލިޔު.އެސް.ސީ ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450