Ads by Farudhun

ޚަބަރު

މަސްތުވާތަކެތީގެ މުޢާމަލާތަކާ ގުޅިގެން ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލައިފި

މަސްތުވާތަކެތީގެ މުޢާމަލާތަކާ ގުޅިގެން ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލައިފި

ކުށުގެ ވެށްޓެއްގައި ފުލުހުން ޙަރަކާތްތެރިވަނީ/ފޮޓޯ: މިހާރު

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

28 އޭޕްރީލު 2026، 05:16

28 އޭޕްރީލު 2026، 05:16

މަސްތުވާތަކެތީގެ މުޢާމަލާތަކާ ގުޅިގެން އައްޑޫ ސިޓީ ހުޅުމީދޫގައި ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލައިފި އެވެ.

ފުލުހުންގެ ޚިދުމަތުން މީޑިއާތަކަށް ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، އެރަށު ހެލްތު ސެންޓަރަށް ގެނައި މީހަކަށް ބޮޑު އަނިޔާއެއް ވެފައިވާ މައްސަލަ މިއަދު މެންދުރުފަހު 13:50 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، އެމީހާ އަށް އަނިޔާ ވެފައި ވަނީ ގެއެއްގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން އެ މީހާއަށް ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުންކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، މި މާރާމާރީއަކީ މަސްތުވާތަކެތީގެ މުޢާމަލާތަކާ ގުޅިގެން އުފެދުނު ދެބަސްވުމެއްގެ ތެރެއިން ހިނގި މާރާމާރީއެއް ކަމަށް ބެލެވޭކަމަށް ފުލުހުން މަޢުލޫމާތުދީފައިވާއިރު، މި މާރާމާރީގައި އަނިޔާވި މީހާއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާދެމުންނެވެ.

ފުލުހުން ވިދާޅުވީ، އަނިޔާވެފައިވަނީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން 44 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެގޮސްފައެވެ.

މި މައްސަލަ ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަޙުޤީގު ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450