Ads by Farudhun

ޚަބަރު

މަގޫދޫގައި ޤާއިމްކުރާ ފިޓްނަސް ސެންޓަރުގެ ތަނބުތަކުގެ މަސައްކަތް ކުރިއަށްދަނީ

މަގޫދޫގައި ޤާއިމްކުރާ ފިޓްނަސް ސެންޓަރުގެ ތަނބުތަކުގެ މަސައްކަތް ކުރިއަށްދަނީ

މަޝްރޫޢުގެ އަދާހަމަ/ފޮޓޯ: އެމްޓީސީސީ

03 މޭ 2026، 11:01

ފ. މަގޫދޫގައި ޤާއިމްކުރާ ފިޓްނަސް ސެންޓަރުގެ ތަނބުތަކުގެ މަސައްކަތް ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން މިހާރު ތަނބުތަކުގެ މަސައްކަތް ނިމުމަށް ގާތްވެފައިވާ ކަމަށާއި، އެތަނުގައި ބީމްއެޅުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ.

މަގޫދޫ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު އިމާރާތް ކުރުމުގެ ޢަމަލީ މަސައްކަތް ފަށްޓަވާދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނިލަންދެއަތޮޅު އުތުރުބުރީގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. މި މަޝްރޫޢުގެ ދަށުން ބިންގަނޑު ކޮނުމާއި، މެޝަނަރީ އަދި ކޮންކްރީޓް މަސައްކަތް ކުރުމާއި، ފުރާޅާއި، ދަވާދުލުމުގެ މަސައްކަތްތާއި ބޭރު ފަރުމާކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

މި ސަރުކާރުގެ އަމާޒަކީ ކުރިޔަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި މީހުން ދިިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ފިޓްނެސް ސެންޓަރުތައް ހުޅުވުން ކަމަށް އަދުގެ ސަރުކާރުން ވިދާޅުވެފައި ވެއެވެ. ހަމަ އެހެންމެ، މި ސެންޓަރު ތަކުގައި އިންޑޯ ޖިމަކާއި އެރޮބިކްސް ފަދަ ކަސްރަތުތަކާއި ބޯޑު ގޭމުތައް ކުޅެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށްވެސް ކުޅިވަރާ ބެހޭ ވުޒާރާއިން މީގެ ކުރިމް ވިދާޅުވެފައިވެއެވެ.

މަގޫދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އިމާރަތްކުރުމުގެ މަޝްރޫޢަކީ، 5.34 މިލިއަން ރުފިޔާއަށް 240 ދުވަހުގެ ތެރޭގައި ނިންމާގޮތަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450