ޚަބަރު
ޙައްޖު މިޝަންގެ މެމްބަރުންނާއި ވަޒީރު ޑރ. ޝަހީމް ބައްދަލުކުރައްވައިފި
ބައްދަލުވުމުގެ ތެރެއިން/ފޮޓޯ: ވުޒާރާ
1447 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުންނާއި އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގައެވެ. މި ބައްދަލުކުރެއްވުމުގައި އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްކެވި ވާހަކަފުޅުގައި ޙައްޖު މިޝަންގެ މެމްބަރުންގެ ޒިންމާ ވީހާވެސް ފުރިހަމައަށް އަދާކުރެއްވުމަށާއި، ދިވެހި ޙައްޖުވެރިންނަށް ފުރިހަމަ ޚިދުމަތެެއް ދެވޭތޯ ޔަޤީން ކުރުމަށް ނަސޭޙަތްތެރިވެލައްވާފައެވެ.
ހަމަ އެހެންމެ، ދިވެހި ޙައްޖުވެރިންނަށް ދަތިވާ ކަންތައްތަކަށް ޙައްލު ހޯދެއްވުމަށް މަސައްކަތް ކުރެއްވުމަށާއި ޙައްޖުވެރިންނާއި ވީހާވެސް ގާތުން މަސައްކަތް ކުރެއްވުމަށް ވަޒީރު ވަނީ އިލްތިމާސް ކުރައްވާފައެވެ. ހަމަ އެއާއެކު، ޙައްޖުވެރިންގެ އެންމެހާ ޚިދުމަތްތައްތަކުގައި މަސައްކަތްތަކުރައްވާ ފަރާތްތަކުން އެއްބައިވަންތަކަމާއެކު މަސައްކަތްކުރެއްވުމަށް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.
ޙައްޖު މިޝަންގެ މެމްބަރުން މާދަމާ ސަޢުދީ ޢަރަބިއްޔާއަށް ފުރުމަށް ހަމަޖެހިފައިވާއިރު، މި މިޝަންގައި ޖުމްލަ 10 މެންބަރުން ހިމެނިވަޑައިގަންނަވައެވެ.