Ads by Farudhun

ޚަބަރު

ޤައުމީ ފެންވަރުގައި ރާއްޖޭގެ ތިން ރަށެއްގައި އަޟްޙާ ޢީދު ފާހަގަ ކުރަނީ

ޤައުމީ ފެންވަރުގައި ރާއްޖޭގެ ތިން ރަށެއްގައި އަޟްޙާ ޢީދު ފާހަގަ ކުރަނީ

ހުޅުމާލޭގައި ޢީދަށް ދިއްލާފައިހުރި ބޮކިތަކެއް. ފޮޓޯ:އެޗްޑީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 މޭ 2026، 07:18

03 މޭ 2026، 07:18

މި އަހަރުގެ އަޟްޙާ ޢީދު (ބޮޑު ޢީދު) ޤައުމީ ފެންވަރުގައި ރާއްޖޭގެ ތިން ރަށެއްގައި ފާހަގަކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ.

 މިކަން ހާމަކުރެއްވީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އެ ވުޒާރާގެ ވަޒީރު ހީނާ ވަލީދު ވިދާޅުވީ، އެހެން އަހަރުތަކެކޭވެސް އެއްފަދައިން މި އަހަރުގެ އަޟްޙާ ޢީދު ޤައުމީ ފެންވަރުގައި ތިން ރަށެއްގައި ފާހަގަކުރުމަށް އެ ވުޒާރާއިން ނިންމާފައިވާ ކަމަށެވެ. އަދި މިކަމަށް ޝައުޤުވެރިވާ ރަށްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ވަޒީރު ހީނާ ވިދާޅުވީ، ޢީދު ފާހަގަކުރާނެ ރަށްތައް ކަނޑައަޅާނީ ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށްފަހު ކަމަށެވެ.

އެ ޕްރޮޕޯސަލްތައް އަޅުގަނޑުމެން އިވެލުއޭޓްކޮށް، ޕްރޮޕޯސަލްތަކާއި، ކަންތައްތައް ބެއްލެވުމަށް ފަހު އަޅުގަނޑުމެންގެ ޓީމުން ނިންމާނެ އެ ހޮވޭ ފަރާތްތަކަށް، އެ ތިން ރަށުގައި އަޟްޙާ ޢީދު ފާހަގަކުރުމުގެ ކަންކަން ކުރިއަށްގެންދާ ގޮތަށް.

ފަންނާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު ހީނާ ވަލީދު

މީގެ އިތުރުން، ޢީދު ފާހަގަކުރުމުގައި ކުރިއަށްގެންދަންޖެހޭ ޕްރޮގްރާމްތަކާއި، ބަލަންޖެހޭ މިންގަނޑުތަކުގެ އިތުރުން ސަމާލުކަން ދޭންޖެހޭ ކަންކަން އެ ވުޒާރާއިން މިހާރު ވަނީ ކަނޑައަޅާފައެވެ. ޕްރޮޕޯސަލް ހުށަހަޅާއިރު މި ކަންކަމަށް ރަށްރަށުން ވިސްނަންޖެހޭނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ސަރުކާރުން މިގޮތަށް ނިންމާފައިވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޢީދުގެ އުފާވެރިކަން ފާޅުކުރުމާއި، ދިވެހި ސަޤާފީ ކުޅިވަރުތައް ދިރުވައި އާލާކުރުމުގެ މަޤްޞަދުގައެވެ. މިއަހަރުގެ އަޟްޙާ ޢިދު ފެށެނީ މި މެއި މަހުގެ 27 ވަނަ ދުވަހުއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450