Ads by Farudhun

ޚަބަރު

މި އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުން ސަޢުދީއަށް ފުރާވަޑައިގެންފި

މި އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުން ސަޢުދީއަށް ފުރާވަޑައިގެންފި

ޙައްޖު މިޝަންގެ މެމްބަރުން/ފޮޓޯ: ވުޒާރާ

05 މޭ 2026، 10:11

1447 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުން ސަޢުދީ ޢަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.

ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ފުރާ ޙާޖީންގެ ކަންކަން ބެލެހެއްޓުމަށް ސަރުކާރުގެ ފަރާތުން ހަރަކާތްތެރިވާނީ ދިވެހިރާއްޖޭގެ ޙައްޖު މިޝަންއިންނެވެ.

ދިވެހި ޙާޖީންނަށް ކަންކަން ފަސޭހަކޮށްދިނުމަށް ސަޢުދީ ޢަރަބިއްޔާގެ ޙައްޖާއި ޢުމްރާ މިނިސްޓްރީ އަދި ކަމާ ބެހޭ ފަރާތްތަކާއި ގުޅިގެން މި މިޝަންއިން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާނެކަން ފާހަގަކޮށްލެވެއެވެ. އަދި ޙައްޖު މޫސުމުގައި ވުޒާރާއިން މައްކާގައި ޤާއިމުކުރާ ދިވެހި ޙައްޖުވެރިންގެ ކަންކަމާ ބެހޭ އޮފީހުގެ ވެރިއަކަށް ހަމަޖައްސަވާފައި ވަނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްޠިޠާޢު ޢައްބާސްއެވެ.

މީގެ އިތުރުން، ރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާ ޙައްޖާޖީންގެ އިންތިޒާމްތައް ރަސްމީ ގޮތެއްގައި ބެލެހެއްޓުމުގެ ގޮތުން އެކުލަވާލާފައިވާ މި ޙައްޖު މިޝަންގައި އެކި ދާއިރާތަކުގެ ބޭފުޅުން ހިމެނޭކަން ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ ބޭފުޅުންނާއި، ޙައްޖު ކޯޕަރޭޝަން ތަމްސީލް ކުރައްވާ ބޭފުޅުންނާއި، ދީނީ ޢިލްމުވެރިން،  އަދި ޕަބްލިކް ސާވިސް މީޑިއާއާގެ ބޭފުޅެއް ހިމެނެއެވެ.

ދިވެހި ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15، 17، 18 އަދި 19 ވަނަ ދުވަހުއެވެ. ޙައްޖުވެރިންނާއި ގުޅޭ ހުރިހާ އިންތިޒާމުތަކެއް މިހާރު ވަނީ ފުރިހަމަކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450