Ads by Farudhun

ޚަބަރު

ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް

ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް

އެކްސިޑެންޓް/ފޮޓޯ: މީސްމީޑިއާ

06 މޭ 2026، 10:46

ދިވެހި ފުލުހުންގެ ޚިދުމަތުގެ ކާރަކާއި ސައިކަލެއް ޖެހި މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެކްސިޑެންޓް ހިނގާފައިވަނީ ރޭގެ ވަގުތެއްގައި މާލޭ، ބޮޑުތަކުރުފާނު މަގު، ޓޯޔާޑް ކައިރީގައި ކަމަށެވެ.

ފުލުހުންގެ ޚިދުމަތުން އިތުރަށް ވިދާޅުވީ، މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާއަށް އެކިވަރުގެ އަނިޔާތަށް ލިބިފައިވާ ކަމަށާއި، ލިބުނު އަނިޔާތަކަށް އައިޖީއެމް ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުން އަންނަ ކަމަށެވެ. ނަމަވެސް އެ މީހާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ހަމަ އެހެންމެ، މި އެކްސިޑެންޓް ހިނގަން މެދުވެރި ގޮތެއް ވެސް ފުލުހުން މިހާތަނަށް ހާމައެއް ނުކުރެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450