ވިޔަފާރި

ޑޮލަރު އެކުއުންޓުތަކުން ވިޔަފާރިކުރަން ކާޑު ބޭނުންކުރުމުގައި ލިމިޓެއް ނެތް: ބީއެމްއެލް

ޑޮލަރު އެކުއުންޓުތަކުން ވިޔަފާރިކުރަން ކާޑު ބޭނުންކުރުމުގައި ލިމިޓެއް ނެތް: ބީއެމްއެލް

ބީއެމްއެލްގެ ޕީއޯއެސް މެޝިނެއް ބޭނުންކޮށްގެން މުޢާމަލާތެއް ކުރަނީ / ފޮޓޯ: ބީއެމްއެމް

farudhun logo

ފަރުދުން

06 މޭ 2026، 11:00

06 މޭ 2026، 11:00

ޑޮލަރު އެކައުންޓުތަކާ ލިންކުކޮށްފައިވާ ކާޑުތައް ބޭނުންކޮށްގެން ރީޓެއިލް ވިޔަފާރި ސައިޓްތަކުން ވިޔަފާރިކުރުމަށް އެއްވެސް ލިމިޓެއް ކަނޑައަޅާފައި ނުވާނެކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހާމަކޮށްފިއެވެ.

ބީއެމްއެލްގެ ތަރުޖަމާނު، މުޙައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޓޭމޫ، ޝީއިން ފަދަ ރީޓެއިލް ވިޔަފާރި ސައިޓްތަކުން ތަކެތި ގަތުމަށް ޑޮލަރު އެކައުންޓުތަކާއި ލިންކުކޮށްފައިވާ ކާޑުތައް ބޭނުންކުރުމުގައި އެ ބޭންކުން ލިމިޓެއް ކަނޑައަޅާފައިނުވާނެކަމަށެވެ. ނަމަވެސް ބޭންކުން ލިމިޓެއް ކަނޑައެޅީ ރުފިޔާ އެކައުންޓުތަކާ ލިންކުކޮށްފައިވާ ކާޑުތައް ބޭނުންކޮށްގެން ވިޔަފާރި ކުރުމަށް ކަމަށެވެ. 

މުޙައްމަދު ސައީދު މިކަން ހާމަކޮށްފައި މިވަނީ ބޭރުގެ ބައެއް އީކޮމާސް ސައިޓުތަކުން މަހަކު ކުރެވޭ މުއާމަލާތްތައް ލިމިޓްކުރުމާ ގުޅިގެން އާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުމާ ގުޅިގެންނެވެ.

ރުފިޔާ ކާޑުތަކުން ބޭރުގެ އީކޮމާސް ވެބްސައިޓްތަކުން ކުރާ ވިޔަފާރިތައް ބޭންކުން ލިމިޓުކުރީ ބައެއް ފަރާތްތަކުން އާދަޔާ ޚިލާފަށް ގިނަ އަދަދަކަށް އޮންލައިންކޮށް ވިޔަފާރިކުރާކަމަށް ބުނެއެވެ. އަދި އެހެންވުމުގެ ސަބަބުން ބޭންކުން ބޭރުވާ ގިނަ އަދަދެއްގެ ޑޮލަރެއް މަދު ބައެއްގެ މައްޗަށް ބެހިގެން ގޮސް ހަމަހަމަކަން ގެއްލޭކަމަށް ބޭންކުން ވަނީ ހާމަކޮށްފައެވެ. 



މިކަން ރެގިއުލޭޓުކުރުމުގެ އިތުރު ފިޔަވަޅެއްގެ ގޮތުން ބޭންކުން ވަނީ މި ހަފްތާގައި މޯލްޑިވްސް އިމިގްރޭޝަނާއެކު ސްޓްރެޓީޖިކް ޑިޖިޓަލް ޕާޓްނަރޝިޕެއް ވެސް ޤާއިމްކޮށްފައެވެ. މިއީ ބޭންކުގެ ޕޭމަންޓް ސިސްޓަމްގެ ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމުގެ މަޤުސަދުގައި ވެވުނު އެއްބަސްވުމެއްކަމަށް ބޭންކުން ހާމަކުރެއެވެ. 

މި އެއްބަސްވުމުގެ ބޭނުމަކީ، ބީއެމްއެލްގެ ކާޑުތައް ރާއްޖެއިން ބޭރުގައި ބޭނުންކުރާއިރު، ކާޑުގެ ވެރިފަރާތް ހުރީ ރާއްޖެއިން ބޭރުގައިތޯ ކަށަވަރުކުރުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450