Ads by Farudhun

ޚަބަރު

ކަރަންޓު ބިލު ބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް ސަރުކާރުން އިސްކަންދޭ: މުންދު

ކަރަންޓު ބިލު ބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް ސަރުކާރުން އިސްކަންދޭ: މުންދު

މިއަދުގެ ޕްރެސަރ ވިތު ދަ ސްޕޯކްސްގެ ތެރެއިން/ފޮޓޯ: ރައީސް އޮފީސް

07 މޭ 2026، 02:51

ކަރަންޓު ބިލު ބޮޑުވުމުގެ މައްސަލައަށް ދާއިމީ ވަށާޖެހޭ ޙައްލެއް ހޯދުމަށް އަދުގެ ސަރުކާރުން އިސްކަންދޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ތަރުޖަމާނު މިފަދައިން ވިދާޅުވެފައިވަނީ، ނޫސްވެރިންނާ ބައްދަލުކުރައްވާ، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދާރީވުމަށް ސިލްސިލާކޮށް ކުރިއަށްގެންދަވާ "ޕްރެސަރ ވިތު ދަ ސްޕޯކްސް" ގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން، ކަރަންޓު ބިލުުތައް ބޮޑުވުމާ ގުޅިގެން ޢާންމުންގެ މެދުގައި ހުރި ކަންބޮޑުވުންތަކަށް އަލިއަޅުއްވާލާ ނޫސްވެރިއަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ތަރުޖަމާނު ވިދާޅުވީ، ކަރަަންޓު ބިލުތައް ބޮޑުވުމުގެ މައްސަލައަކީ ރައްޔިތުންގެ އާއްމު ދިރިއުޅުމުގެ ހާލަތާ ލާމެހިފައިވާ މައްސަލައަކަށްވާތީ އެ މައްސަލައަށް ވަށާޖެހޭ ހައްލެއް ހޯދުމަށް ސަރުކާރުން މަަސައްކަތްކުރަމުންދާ ކަމަށެވެ.

ތަރުޖަމާނު ވިދާޅުވިގޮތުގައި، މިއީ ރައްޔިތުންގެ ފުދުންތެރިކަމާ ގުޅިފައި އޮތް މައްސަލައެކެވެ. އެހެންކަމުން، މިކަމަށް ޙައްލެއް ހޯދުމަކީ ހުރިހާ ސަރުކާރަކުންވެސް ވަރަށް ބޮޑަށް އިސްކަންދީގެން ކުރަމުން އައި މަސައްކަތެއްކަން ފާހަގަކުރައްވަމުން ތަރުޖަމާނު ވިދާޅުވީ، ރާއްޖޭގައި ކަރަންޓު ކުޑަކުރަން ބަލާއިރު ކަރަންޓު އުފައްދަނީ ޑީސަލް ޖަނަރޭޓަރުތަކުގެ ތެރެއިން ކަމަށެވެ. އަދި މި ޖަނަރޭޓަރުތަކާއި އެއާ ގުޅިފައިވާ ވަޔަރިންގ ފަދަ ކަންކަމުގެ ފެންވަރު ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތްތަކެއް ކުރެވެމުންދާކަން ތަރުޖަމާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މި ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދިފައިވާ މި މައްސަލައަށް ދާއިމީ ދެމެހެއްޓެނެވި ޙައްލެއް ހޯދުންކަން ފާހަގަކުރައްވަމުން ތަރުޖަމާނު ވިދާޅުވީ، އިއާދަކުރަނަވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު އިތުރުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި އެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވާފައިވާ އަމާޒަކީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ ތިންބައިކުޅަ އެއްބައި އިއާދަކުރަނިވި ހަކަތައިން އުފެއްދުންކަމަށް ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.

އަދި މިގޮތަށް ކަރަންޓު އުފެއްދުމަށްފަހު ވިއްކޭނެ އަގު ސަރުކާރުން ކަނޑައަޅާއިރު، ސޯލާ އާއި ބެޓަރީ ހައްލުތަކަށް ދާއިރު ސަބްސިޑީއެއް ނުދިނަސް މިހާރަށްވުރެ ކަރަންޓު އަގުހެޔޮވާނެ ކަމުގައި ތަރުޖަމާނު ވިދާޅުވިއެވެ. 

ހަމަ އެއާއެކު، ބައެއް ރަށްރަށުގެ ކަރަންޓުގެ ޚިދުމަތް ފެނަކައިން ވަކިކޮށް ސްޓެލްކޯއާ ހަވާލުކުރުމަކީ ވެސް  ކަރަންޓު އުފެއްދުމުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެއްކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450