Ads by Farudhun

ޚަބަރު

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޖުމްލަ 7 ވޯޓު ފޮށި ބަހައްޓާނެ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޖުމްލަ 7 ވޯޓު ފޮށި ބަހައްޓާނެ

އިންތިހާބެއްގައި ވޯޓު ގުނުމުގެ މަސައްކަތް ކުރަނީ---

farudhun logo

ފަރުދުން

07 މޭ 2026، 09:21

07 މޭ 2026، 09:21

އަންނަ މަހުގެ 6ވަނަ ދުވަހު ބާއްވާ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޖުމްލަ 7 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފިއެވެ.

އީސީއިން ހާމަކޮށްފައިވާ ގޮތުގައި، މި އިންތިޙާބާ ގުޅިގެން އައްޑޫ ސިޓީގައި 5 ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާއިރު، މާލޭގައި ދިރިއުޅޭ، އެ ދާއިރާގެ ފަރާތްތަކަށް ދެ ވޯޓު ފޮށި ބަހައްޓާނެއެވެ. 

މާލޭގައި ވޯޓުފޮށި ބަހައްޓާނީ ދަރުމަވަންތަ ސްކޫލުގެ ދެކުނު އިމާރާތުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ. އަދި އައްޑޫ ސިޓީގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައިވަނީ ހިތަދޫ ސްކޫލުގައެވެ.

މި އިންތިޙާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓު ވެސް އީސީއިން ވަނީ މިހާރު އާންމުކޮށްފައެވެ. އެ ލިސްޓުގައިވާ ގޮތުން، މި ބައި-އިލެކްޝަންގައި 4،114 މީހަކަށް ވޯޓުލުމުގެ ޙައްގު ލިބެއެވެ.

މި ބައި-އިލެކްޝަންގައި ވާދަކުރާނީ ދެ ކެނޑިޑޭޓުންނެވެ. އެއީ ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އަޙްމަދު ސަޢީދާއި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ޢަބްދުﷲ ޞާދިޤުއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، އެ ދާއިރާއަށް 2024ވަނަ އަހަރު އިންތިޚާބު ކުރި މުޙައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތްކަމަށް ސާބިތުވެ، އެ ދަރަނި ޙުކުމާ އެއްގޮތަށް ނުދައްކާކަން ސާބިތުވާތީ، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ކޯޓުން ކުރި ޙުކުމާއެކުގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450