ކުޅިވަރު

ރެއާލް މެޑްރިޑްގެ ފަރިތަކުރުންތަކުގެ ތެރެއިން ހިނގި ހަމަނުޖެހުމަކާ ގުޅިގެން ވަލްވާރޑޭ ހޮސްޕިޓަލަށް

ރެއާލް މެޑްރިޑްގެ ފަރިތަކުރުންތަކުގެ ތެރެއިން ހިނގި ހަމަނުޖެހުމަކާ ގުޅިގެން ވަލްވާރޑޭ ހޮސްޕިޓަލަށް

ވަލްވާރޑޭ (ކ) އަދި ޗޯމޭނީ (ވ) / ފޮޓޯ: ގެޓީ

08 މޭ 2026، 02:38

ސްޕެއިންގެ އެންމެ ކާމިޔާބު އެއް ކްލަބު، ރެއާލް މެޑްރިޑްގެ ފަރިތަކުރުންތަކުގެ ތެރެއިން ހިނގި ހަމަނުޖެހުމަކާ ގުޅިގެން، އެ ޓީމުގެ ވައިސް ކެޕްޓަނެއްގެ މަޤާމުގައި ހުރި ފެޑެރިކޯ ވަރލްވާރޑޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފިއެވެ.

އޭނާ ހޮސްޕިޓަލަށް ގެންދިޔައީ، ފަރިތަކުރުންތަކުގެ ތެރެއިން އެ ޓީމުގެ އޯރީލިއެން ޗޯމޭނީއާ ދެމެދު ހިނގި ހަމަނުޖެހުން ދިގުލައިގޮސް، ޗޭންޖިން ރޫމްގެ ތެރެއިން ދެ ކުޅުންތެރިން މާރާމާރީ ހިންގުމުން، ވަލްވާރޑޭ ވެއްޓި މޭޒެއްގައި ބޯޖެހިގެން ބޯފަޅައިގެން ދިއުމުންނެވެ. މި ހާދިސާގައި އޭނާގެ ސިކުނޑިއަށް ކޮންމެވެސް ވަރަކަށް ގެއްލުން ލިބިފައިވާކަމަށް ވެސް ބީބީސީން ވަނީ ރިޕޯޓުކޮށްފައެވެ.

ވަލްވާރޑޭގެ ބޮލަށް ލިބުނު އަނިޔާއާ ގުޅިގެން ގާތްގަނޑަކަށް ދެ ހަފްތާ ވަންދެން އޭނާ އަރާމް ކުރުމަށް ޑޮކްޓަރުން ވަނީ ލަފާދީފައެވެ. އެހެންކަމުން، އާދީއްތަ ދުވަހު ބާސެލޯނާއާ ދެކޮޅަށް ކުޅޭ ފޯރިގަދަ އެލް-ކްލެސިކޯ މެޗު އޭނާއަށް ގެއްލޭނެއެވެ. މި މެޗުން ބާސެލޯނާ ޕޮއިންޓެއް ހޯދައިފިނަމަ، އެ ޓީމަށް ލީގު ޔަޤީންވާނެއެވެ.

މި ހާދިސާއާ ގުޅިގެން ދެ ކުޅުންތެރިންނަށް ފިޔަވަޅު އެޅުމަށް ނިންމާފައިވާކަމަށް ރެއާލް މެޑްރިޑުން ވަނީ ހާމަކޮށްފައެވެ.

މިކަމާ ގުޅިގެން އިންސްޓަގްރާމްގައި ވަލްވާރޑޭ ޙިއްޞާކުރި މެސެޖެއްގައި ބުނީ، ޗޯމޭނީ އޭނާ ގައިގަ ނުޖަހާ ކަމަށާއި، އަދި އޭނާ ވެސް ޗޯމެނީ ގައިގަ ނުޖަހާ ކަމަށެވެ. އަދި އޭނާ ވެއްޓުނީ ޗޯމެނީ ގަސްތުގައި ކޮށްޕާލުމުން ނޫންކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.

ވަލްވާރޑޭ ބުނީ، އޭނާއަށް ރުޅިގަދަވެވި، ޗޯމޭނީއާ ޒުވާބުކުރެވުނީ މި ފަހަކަށް އައިސް ޓީމަށް ރަނގަޅު ނަތީޖާތަކެއް ނުނެރެވޭތީ މާބޮޑަށް މާޔޫސްވެފައި ހުރުމުން ކަމަށެވެ. 

އަދި މި ހާދިސާއާ ގުޅިގެން ހިތާމަކުރާ ކަމަށާއި، މިކަމުގައި ކްލަބަށް ހުތުރު ނަމެއް ލިބެން ބޭނުންނުވާކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

މި ހާދިސާއާ ގުޅިގެން ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އާއި ޓީމުގެ ކޯޗު އަލްވާރޯ އާރބިލޯއާ އަދި ކެޕްޓަން ޑެނީ ކަވަހާލް ކުއްލި ބައްދަލުވުމެއް ވެސް ވަނީ ބާއްވާފައެވެ. 

ރެއާލް މެޑްރިޑަށް މިއީ މިދިޔަ ސީޒަން ފަދައިން އެހާ ކާމިޔާބު ސީޒަނެއް ނޫނެވެ. އެގޮތުން ލީގުގައި ބާސެލޯނާއަށް ވުރެ 11 ޕޮއިންޓު ފަހަތުގައި އޮތްއިރު، ޗެމްޕިއަންސް ލީގުން ކެޓީ ކުއާޓާ ފައިނަލާ ހިސާބުންނެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450