ޚަބަރު
އައްޑޫ ބިޒްނަސް ޑައިލޮގްގައި ބައިވެރިވުމުގެ ފުރުޞަތު ވިޔަފާރިވެރިންނަށް ހުޅުވާލައިފި
ރައީސް، ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުން/ފޮޓޯ: ރައީސް އޮފީސް
އައްޑޫ ސިޓީގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ކުރިމަގު ބައްޓަންކުރުމުގައި އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށް ބާއްވާ "އައްޑޫ ބިޒްނަސް ޑައިލޮގް" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިކަމާއި ގުޅޭގޮތުން އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ކުރިމަގު ބައްޓަންކުރުމުގައި އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ "އައްޑޫ ބިޒްނަސް ޑައިލޮގް" ގައި ބައިވެރިވުމަށް އައްޑޫ ސިޓީގެ އެންމެހާ ވިޔަފާރިވެރިންނަށް ދަޢުވަތު އަރުވާ ކަމަށެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ކުރިމަގު ބައްޓަންކުރުމުގައި އެފަރާތްތަކުގެ ބައިވެރިވުން އިތުރު ކުރުމުގެގޮތުން އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ “އައްޑޫ ބިޒްނަސް ޑައިލޮގް”ގައި ބައިވެރިވުމަށް އައްޑޫ ސިޓީގެ އެންމެހާ ވިޔަފާރިވެރިންނަށް ދައުވަތު އަރުވަން.… pic.twitter.com/2wPfuf1jiH
— Ministry of Economic Development,Transport & Trade (@MoEDmv) May 8, 2026
ހަމަ އެހެންމެ، މި ބައްދަލުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން https://forms.office.com/r/9FDg3szUhF މި ލިންކު ލިންކު މެދުވެރިކޮށް ފޯމު ހުށަހެޅުއްވުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިޤުތިޞާދީ ދާއިރާ ހަރުދަނާކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ދަށުން، މިއީ ވިޔަފާރިވެރިންގެ އަޑު ސަރުކާރަށް އިއްވުމަށް ލިބޭ ރަނގަޅު ފުރުޞަތެކެވެ.