Ads by Farudhun

ޚަބަރު

ކުޑަކުދިންގެ ދުވަހުގެ ތަޙުނިޔާ މެޑަމް ސާޖިދާ ފޮނުއްވައިފި

ކުޑަކުދިންގެ ދުވަހުގެ ތަޙުނިޔާ މެޑަމް ސާޖިދާ ފޮނުއްވައިފި

ރައީސްގެ ދެކަނބަލުން ކުޑަކުދިންނާއެކު/ފޮޓޯ: ރައީސް އޮފީސް

10 މޭ 2026، 09:35

ޤައުމީ ކުޑަކުދިންގެ ދުވަހުގެ ތަޙުނިޔާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވައިފި އެވެ.

މިދުވަހުގެ ތަޙުނިޔާ ފޮނުއްވުމަށް މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެކަމަނާ ވިދާޅުވީ، ދިވެހި ލޮބުވެތި ކުޑަކުދިންނަށާއި ޢާއިލާތަކަށް މި އުފާވެރި ދުވަހުގެ ތަހުނިޔާ ދަންނަވާ ކަމަށެވެ.

މި ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، ހެޔޮލަފާ ދަރީންތަކެއް ހެދި ބޮޑުވަމުންދާ ޤައުމެއްގެ މުސްތަޤްބަލާ މެދު އެއްވެސް މާޔޫސްކަމެއް ނެތް ކަމަށެވެ. ހަމަ އެހެންމެ، ކުޑަކުދީންނަށް އަޅައިލާ، އޯގާތެރިކަމާއެކު ޙިމާޔަތް ދެމުން ދާހައި ހިނދަކު ކުރިމަގަށް ކުރާ އުންމީދު ދާނީ ހަގީގަތަކަށް ވަމުންކަމަށް މެޑަމް ސާޖިދާ ވަނީ ވިދާޅުވެފައެވެ.

ކުޑަކުދިންނަކީ މުޖުތަމަޢުގެ ހުރިހާ ފަރުދުންގެ ފަރާތުން އޯގާތެރިކަމާއި ލޯބި ލިބެންޖެހޭ ބަޔަކަށްވީއިރު، ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން، ރާއްޖޭގައި ވެސް ކުޑަކުދިންނަށް އަމާން އަދި ރައްކާތެރި މާޙައުލެއް ބިނާކުރުމަށްޓަކައި ހަރުދަނާ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ. ހަމަ އެހެންމެ، އެކުދިންގެ ޙައްޤުތަކާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ވެސް މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

ކޮންމެ އަހަރެއްގެ ވެސް މޭ މަހުގެ 10 ވަނަ ދުވަހަކީ ރާއްޖޭގައި ފާހަގަކުރާ ޤައުމީ ކުޑަކުދިންގެ ދުވަހަށްވީއިރު، މިއަހަރުގެ މި ދުވަހަށް ކަނޑައަޅާފައިވާ ޚާއްޞަ ޝިއާރަކީ "އާއިލީ ހަމަޖެހުން، ކުދިންގެ ދުޅަހެޔޮކަން" މިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450