Ads by Farudhun

ޚަބަރު

ބިންވެރިޔާ ސްކީމުގެ 3 ވަނަ ކެޓަގަރީއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ބިންވެރިޔާ ސްކީމުގެ 3 ވަނަ ކެޓަގަރީއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ރަސްމާލެ ފޮޓޯ: އެމްއާރް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 މޭ 2026، 12:29

10 މޭ 2026، 12:29

މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ "ބިންވެރިޔާ ސްކީމް" ގެ 3 ވަނަ ކެޓަގަރީއަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން މިއަދު ހުޅުވާލައިފިއެވެ.

ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މި ކެޓަގަރީއަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި ހިނގާ މަހުގެ ނިޔަލަށް ކަމަށެވެ.

ބިންވެރިޔާ ސްކީމާ ގުޅޭ އުސޫލަށް އިސްލާހު ގެނެސް ގެޒެޓުގައި ޝާއިއުކޮށްފައިވާ އިޢުލާނުގައިވާ ގޮތުން، ކެޓެގަރީ 3 ގެ ދަށުން އެޕްލިކޭޝަން ހުށަހެޅޭނީ މައިގަނޑު ދެ ބަޔަކަށެވެ. އެއީ:

  • ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގައި ސިންގަލް އެޕްލިކޭޝަނެއް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ލިބުނު ގޯތި ދޫކޮށްލުމަށްފަހު ފްލެޓަށް ހުށަހަޅަން ބޭނުންވާ ފަރާތްތައް.
  • ޖޮއިންޓް އެޕްލިކޭޝަނެއް ހުށަހަޅާފައިވާ ހުރިހާ ފަރާތްތަކުގެ ތެރެއިން، ގޯތި ދޫކޮށްލުމަށްފަހު ވަކިވަކިން ގޯއްޗާއި ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅަން ބޭނުންވާ ފަރާތްތައް.


މި ޕްރޮގްރާމްގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތަރައްޤީކުރާ ރަސްމާލެއިންނެވެ. މިގޮތުން ދޫކުރުމަށް ހަމަޖެހިފައިވަނީ 1250 އަކަފޫޓުގެ ގޯއްޗެވެ.

ބިންވެރިޔާ ސްކީމްގެ ޚާއްސަ ކެޓެގަރީތައް ބެހިފައިވާ ގޮތް:

ކެޓަގަރީ 1: ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ މީހުން.
ކެޓަގަރީ 2: ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފުލެޓެއް ލިބިފައި އޮތުމުގެ ސަބަބުން ބިންވެރިޔާ ސްކީމަށް ކުރިމަތި ނުލެވުނު މީހުން.
ކެޓަގަރީ 3: ބިންވެރިޔާ ސްކީމްގެ ދަށުން ލިބުނު ގޯތި ދޫކޮށް ފުލެޓަށް އެދޭ ސިންގަލް އެޕްލިކޭޝަން ހުށަހެޅި މީހުން ނުވަތަ ޖޮއިންޓް އެޕްލިކޭޝަން ހުށަހެޅި މީހުންގެ ތެރެއިން ގޯތި ދޫކޮށް ވަކިން ގޯއްޗާއި ފްލެޓަށް އެދޭ މީހުން.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު އިޢުލާނު ކުރީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. އަދި މި ސިޔާސަތުގެ ދަށުން ފޯމު ހުށައެޅުމަށް ހުޅުވާލީ މިއަހަރުގެ ޖަނަވަރީ މަހުއެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 15,000 ގޯއްޗާއި 7,900 ފްލެޓް ދޫކުރުމަށް ވަނީ ނިންމާފައެވެ.



ފާހަގަކޮށްލެވޭ ގޮތުގައި، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތައް ފުރަތަމަ އިޢުލާނުކުރި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނާއެކު ބޭއްވެވި އެކި ބައްދަލުކުރެއްވުންތަކުގައި އާންމުން ހުށަހެޅި ޚިޔާލުތަކަށް ރިޢާޔަތްކޮށް، ބައެއް ކެޓަގަރީތައް ވަނީ އިތުރުކޮށްފައެވެ. ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫޢުގެ ދަށުން ގިނަ ކެޓަގަރީތަކަކުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުޞަތު މި މަހުގެ ނިޔަލަށް ހަމަވާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450