Ads by Farudhun

ޚަބަރު

ކުޑަރިކިލު ސްކޫލުގެ އައު ކްލާސްރޫމުގެ ކޮންކްރީޓް މަސައްކަތްތައް ނިމުމަކާ ގާތަށް

ކުޑަރިކިލު ސްކޫލުގެ އައު ކްލާސްރޫމުގެ ކޮންކްރީޓް މަސައްކަތްތައް ނިމުމަކާ ގާތަށް

މަޝްރޫޢުގެ އަދާހަމަ/ފޮޓޯ: އެމްޓީސީސީ

10 މޭ 2026، 02:15

ބ. ކުޑަރިކިލު ސްކޫލުގައި އިމާރާތްކުރާ އައު ކްލާސްރޫމްތަކުގެ ކޮންކްރީޓް މަސައްކަތް ނިމުމަކާ ގާތްވެފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން ވިދާޅުވީ، މި ކުލާސްރޫމްތަކުގެ ކޮންކްރީޓް މަސައްކަތުގެ %90 މިހާރު ނިމިފައިވާ ކަމަށެވެ. މި މަސައްކަތުގެ ދަށުން ކުޑަރިކިލު ސްކޫލުގައި 4 ކްލާސްރޫމެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ.

އެމްޓީސީސީން އިތުރަށް ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން މިހާރު ފުރަތަމަ ފަންގިފިލާގައި ސްލެބް ކާސްޓުކުރުމަށް ތައްޔާރުވެފައިވާ ކަމަށެވެ. މީގެ އިތުރުން، އެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާ ކަމަށްވެސް އެމްޓީސީސީ އިން މަޢުލޫމާތުދެއެވެ. ކުޑަރިކިލު ސްކޫލުގައި އިމާރާތްކުރާ އައު ކްލާސްރޫމްތަކުގެ މަސައްކަތަކީ، ތަޢުލީމާ ބެހޭ ވުޒާރާއިން އެމްޓީސީސީއާ ހަވާލުކުރެވިގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.

މިއީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެއްކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450