Ads by Farudhun

ޚަބަރު

ނަރުހުންނަށް ލީޑަޝިޕް ދާއިރާގެ ފުރުޞަތުތައް ދޭންޖެހޭ: މެޑަމް ސާޖިދާ

ނަރުހުންނަށް ލީޑަޝިޕް ދާއިރާގެ ފުރުޞަތުތައް ދޭންޖެހޭ: މެޑަމް ސާޖިދާ

މެޑަމް ސާޖިދާ ނަރުހުންގެ ދުވަހުގެ ބަހުސް ސެޝަން ޝަރަފުވެރިކޮށްދެއްވުން. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 މޭ 2026، 04:03

12 މޭ 2026، 04:03

ރާއްޖޭގެ ޞިއްޙީ ނިޒާމުގެ އެންމެ މުހިންމު ތަނބަކީ ނަރުހުންކަން ފާހަގަކުރައްވައި، އެ ފަރާތްތަކަށް ލީޑަޝިޕްގެ ދާއިރާއިން ފުރުޞަތުތައް ފަހިކޮށްދިނުމަށް ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.

މެޑަމް ސާޖިދާ މިގޮތަށް ގޮވާލެއްވީ މިއަދު ފާހަގަކުރާ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައެެވެ.

މެޑަމް ސާޖިދާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނަރުހުން ދައްކުވައިދޭ ކެތްތެރިކަމާއި ފަންނީ ހުނަރަކީ ޞިއްޙީ ނިޒާމުގެ ވިންދު ކަމަށެވެ. އަދި އެބޭފުޅުންގެ ވަރުބަލިކަމެއް ނެތް ޚިދުމަތާއި، އަމިއްލަ އެދުމެއް ނެތް މަސައްކަތުގެ ސަބަބުން ބަލިމީހުންނަށް އަޅާލުމާއި، އާއިލާތަކަށް އުންމީދު އަދި މުޖުތަމަޢަށް ދުޅަހެޔޮކަން ލިބިގެންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.



މި އަހަރުގެ ނަރުހުންގެ ދުވަހުގެ ޝިއާރު ކަމަށްވާ "އަހަރެމެންގެ ނަރުހުން. އަހަރެމެންގެ މުސްތަޤުބަލު. ބާރުވެރިކުރެވިފައިވާ ނަރުހުން ފުރާނަ ސަލާމަތްކޮށްދޭ" މި މައުޟޫއަށް އަލިއަޅުއްވާލައްވަމުން، ނަރުހުންނަށް އެއްބާރުލުން ދިނުމާއި އިންވެސްޓް ކުރުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ރައްކާތެރި މަސައްކަތުގެ މާހައުލެއް ގާއިމުކުރުމާއި، މެދުނުކެނޑި ފަންނީ ތަމްރީނާއި ލީޑަޝިޕްގެ ފުރުޞަތުތައް ފަހިކޮށްދިނުން ހިމެނެއެވެ.

މެޑަމް ސާޖިދާގެ މެސެޖު ނިންމަވާލެއްވީ، ނަރުހުން ކުރައްވާ އަގުނުކުރެވޭ ފަދަ ޚިދުމަތްތަކަށާއި، އޯގާތެރިކަމާއެކު ބަލިމީހުންނަށް ދެއްވާ އަޅާލުމަށްޓަކައި ހުރިހާ ނަރުހުންނަށް އިޚްލާޞްތެރި ޝުކުރެއް އަދާކުރައްވަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450