ޚަބަރު
ރައީސް މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ޕީއެންސީގެ ހަރުގެ ޖަލްސާ މިރޭ 20:30 ހުގައި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޕީއެންސީގެ ޖަލްސާއަކަށް ވަޑައިގަންނަވަނީ ފޮޓޯ:ރައީސް އޮފީސް
ވެރިކަން ކުރާ ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ ފަރާތުން ބާއްވާ ޚާއްޞަ ހަރުގެ ޖަލްސާއެއް މިރޭ ބޭއްވުމަށް އެ ޕާޓީން ނިންމައިފިއެވެ.
މި ޖަލްސާ އޮންނާނީ 14 މެއި 2026 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި، ކޮންގްރެސް ޕާޓީގެ މައި އޮފީސް ހުންނަ ހ. ވެޔޮވިލާގައެވެ.
މި ޖަލްސާގެ އެންމެ ޚާއްޞަ އެއް ކަމަކީ، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ކޮންގްރެސް ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާތީއެވެ. ރައީސްގެ އިތުރުން ސަރުކާރާއި ޕާޓީގެ އިސް ބޭފުޅުން މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
މި ޖަލްސާއަށް ކޮންގްރެސް ޕާޓީގެ އެންމެހާ ލޮބުވެތި މެމްބަރުންނާއި، ސަޕޯޓަރުންނަށް އެ ޕާޓީގެ ފަރާތުން ވަނީ ދަޢުވަތު އަރުވާފައެވެ. ވީހާވެސް ގިނަ ބަޔަކު މި ޖަލްސާގައި ބައިވެރިވުމަކީ ޕާޓީގެ ވަރަށް ބޮޑު އެދުމެކެވެ.