ޚަބަރު
ޖަޕާނުގެ ސަފީރު، ވަޒީރު ހީނާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
ޒިޔާރަތުގެ ތެރެއިން/ފޮޓޯ: ވުޒާރާ
ދިވެހިރާއްޖެއަށް ޖަޕާނުން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސަލަންސީ އިޝިގާމީ ރުމީކޯ، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައި މިއަދު ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމުގެ މައްޗަށް ދެބޭފުޅުން ވެސް ވަނީ އަލިއަޅުއްވާލައްވާފައެވެ. ހަމަ އެހެންމެ، މި ގުޅުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި މި ދާއިރާއިން ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން ދެ ބޭފުޅުން ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.
ދިވެހިރާއްޖެއަށް ޖަޕާނުން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސަލަންސީ އިޝިގާމީ ރުމީކޯ، ވަޒީރު ހީނާ ވަލީދުގެ އަރިހަށް އިއްޔެ ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގެ ތެރެއިން.
— Ministry of Arts, Culture and Heritage (@MoDLCH) May 15, 2026
ދިވެހި ސަރުކާރުން ޖަޕާން ސަރުކާރާ އެކު ރަސްމީކޮށް ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ 1967 ގައި. އޭގެ… pic.twitter.com/4ocdqGfqQJ
މި ބައްދަލުވުމުގައި، މި އަހަރަކީ ދިވެހިރާއްޖެ އާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތުކަން ސަފީރު ވަނީ ފާހަގަކުރައްވާފައެވެ. އަދި މި މުނާސަބާ ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޖަޕާން ސަރުކާރާއި އެ އެމްބަސީއިން ރާވައިފައިވާ ހަރަކާތްތަކުގެ ތެރެއިން ދެ ޤައުމުގެ ސަގާފަތުގެ މަޢުލުމާތުތައް ހިއްސާކުރެވޭނޭ ގޮތްތަކާ މެދު ވެސް ދެބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
ދިވެހި ސަރުކާރުން ޖަޕާން ސަރުކާރާއެކު ރަސްމީކޮށް ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1967 ގައެވެ. އޭގެ ފަހުން އެ ސަރުކާރުން ދަނީ ދިވެހިންނާއި އެކި ދާއިރާތަކުން ގާތް ގުޅުމެއް ބާއްވަމުންނެވެ
އޭގެ ތެރޭގައި މަސްވެރިކަމާއި، ތަޢުލީމީ ދާއިރާ، އަދި ޓެކްނޮލޮޖީއާއި މީހުން ބިނާ ކުރުމުގެ ދާއިރާ ފާހަގަކޮށްލެވެއެވެ.