Ads by Farudhun

ޚަބަރު

އުކުޅަހުގައި ތަރައްޤީކުރާ ފުލުހުންގެ މަރުކަޒުގެ %75 މަސައްކަތް ނިންމާލައިފި

އުކުޅަހުގައި ތަރައްޤީކުރާ ފުލުހުންގެ މަރުކަޒުގެ %75 މަސައްކަތް ނިންމާލައިފި

މަޝްރޫޢުގެ އަދާހަމަ/ފޮޓޯ: އެމްޓީސީސީ

17 މޭ 2026، 10:23

އއ. އުކުޅަހުގައި ތަރައްޤީކުރާ ފުލުހުންގެ މަރުކަޒުގެ %75 މަސައްކަތް އެއްކޮށް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން ވިދާޅުވީ، އުކުޅަސް ފުލުހުންގެ މަރުކަޒު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ރޭނުމުގެ މަސައްކަތްތައް ނިމިފައިވާއިރު، މިހާރު ކުރިއަށް ދަނީ ފުރާޅު އަޅައި ހިޔާ ކުރުމުގެ މަސައްކަތް ކަމަށެވެ.

މި ދެއަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ޤާއިމުކޮށް ދިވެހި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން، މިހާރު 63 ރަށުގައި ފުލުހުންގެ އަމިއްލަ އިމާރާތެއް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި އިމާރާތް އެޅުމަށް ބަޔަކާ ހަވާލުކޮށް މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ 36 ރަށް މިވަގުތު އެބައޮތެވެ. އެހެންކަމުން ޖުމްލަ 99 ރަށުގައި ފުލުހުންގެ އަމިއްލަ އިމާރާތެއް އެޅުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރެވެމުންނެވެ. 

މީގެ އިތުރުން، މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި އިތުރު 39 ރަށެއްގައި ފުލުހުންގެ އަމިއްލަ އިމާރާތް އެޅުމުގެ މަސައްކަތް ކޮންޓްރެކްޓަރުންނާ ހަވާލުކުރައްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާން ކުރައްވާފައެވެ. މިއާއެކު ޖުމްލަ 138 ރަށުގައި ފުލުހުންގެ އަމިއްލަ އިމާރާތް އެޅުމުގެ މަޝްރޫޢުތައް ދަނީ ހިނގަމުންނެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމަކީ މުޖުތަމަޢުގެ ރައްކާތެރިކަމާއި އަމާންކަން ކަށަވަރުކުރުމަށް މުހިންމު ފިޔަވަޅެކެވެ. ވީމާ، ސަރުކާރުން މިކަމަށް ޚާއްޞަ އިސްކަމެއް ދެއްވައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450