Ads by Farudhun

ޚަބަރު

ހިންނަވަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 3 މީހަކު ހައްޔަރުކޮށްފި

ހިންނަވަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 3 މީހަކު ހައްޔަރުކޮށްފި

މި މައްސަލައިގައި ހައްޔަރުކުރި 3 މީހުން/ފޮޓޯ: ފުލުހުން

17 މޭ 2026، 01:47

ޅ. ހިންނަވަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި، މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެ ތަކެތި ބޭނުންކުރާ ކަމުގެ ތުހުމަތުގައި 3 މީހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޅ. ހިންނަވަރު/ޝޭޑީސައިޑް، އަޙްމަދު ޒިޔާދު އާދަމް (38އ) އާއި ޅ. ހިންނަވަރު/ނޭޒާ، މާޖިދު މުޙައްމަދު (30އ) އާއި ޅ. ހިންނަވަރު/ދިލްސާދުގެ، މުޙައްމަދު އިބްރާހީމް (51އ) އެވެ.

މި ތިން މީހުން ވެސް ހައްޔަރުކޮށްފައި ވަނީ މިހިނގާ މޭ މަހުގެ 13 ވަނަ ދުވަހު ހިންނަވަރު ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. އެ އޮޕަރޭޝަންގައި، ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހައްޔަރުކޮށް، އެ މީހުން އެ ވަގުތު ތިބި ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 21 ރަބަރު ޕެކެޓާއި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަޙްމަދު ޒިޔާދު އާދަމް 15 ދުވަހަށް، މާޖިދު މުޙައްމަދު 4 ދުވަހަށް އަދި މުޙައްމަދު އިބްރާހީމް 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450