ކުޅިވަރު
ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން އަލޮންސޯ ޗެލްސީއަށް
އަލޮންސޯ ޗެލްސީއާ ހަވާލުވީ 4 އަހަރުގެ އެއްބަސްވުމެއްގެ ދަށުން---
ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން، ޒަބީ އަލޮންސޯ ޗެލްސީ ފުޓްބޯޅަ ކްލަބުގެ ކޯޗެއްގެ މަޤާމަށް ހަމަޖައްސައިފިއެވެ. މި އެއްބަސްވުމުގައި ބުނާގޮތުން، އަލޮންސޯ މަސައްކަތް ފަށާނީ މި އަހަރުގެ ޖުލައި 1ވަނަ ދުވަހުން ފެށިގެންނެވެ.
ޗެލްސީއާއެކު ހެދި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އަލޮންސޯ ބުނީ، ޗެލްސީއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ކްލަބު ކަމަށާއި، އަދި އެ ކްލަބާއި ހަވާލުވުމަކީ އޭނާއަށް ލިބިގެންދާ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
މީގެކުރިން ބެޔާ ލެވަކޫސެން އަދި ރެއާލް މެޑްރިޑެއްގެ ކޯޗެއްގެ މަޤާމުވެސް އަދާކޮށްފައިވާ އަލޮންސޯއަކީ، ޗެލްސީ ހިންގުމާއި ބްލޫކޯ ހަވާލުވި ފަހުން އައްޔަންކުރާ ފަސްވަނަ ކޯޗެވެ. އެ ކުންފުނިން ޗެލްސީއާ ހަވާލުވިފަހުން ގްރަހަމް ޕޮޓަރ، މައުރީސިއޯ ޕޮޗެޓީނޯ، އެންޒޯ މަރެސްކާ އަދި ލިއާމް ރޮސެނިއަރ ވަނީ އެ މަޤާމު ފުރާފައެވެ.
Chelsea Football Club is delighted to announce the appointment of Xabi Alonso as Manager of the Men’s Team.
— Chelsea FC (@ChelseaFC) May 17, 2026
The Spaniard will begin his role on July 1, 2026, having agreed a four-year contract at Stamford Bridge.
Welcome to Chelsea, Xabi!
މި އެއްބަސްވުމަކީ އަލޮންސޯ އަނބުރާ އިނގިރޭސިވިލާތަށް ބަދަލުވާނެ އެއްބަސްވުމަކަށްވާއިރު، އޭނާ ވަނީ ކުޅުންތެރިއެއްގެ ގޮތުން ޗެލްސީގެ ވާދަވެރި ލިވަޕޫލްއަށް 210 މެޗު ކުޅެދީފައެވެ. ލިވަޕޫލްއާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށްފަހު އޭނާ ވަނީ 2009ގައި ރެއާލް މެޑްރިޑަށް ބަދަލުވެފައެވެ. އަދި 2017ވަނަ އަހަރު ކެރިއަރު ނިންމާލިއިރު ކުޅެމުން ދިޔައީ ބެޔާން މިއުނިކަށެވެ.
މި ނިމިގެންދަނީ ޗެލްސީއަށް އުނދަގޫ ސީޒަނެކެވެ. އެގޮތުން އެ ޓީމު ލީގުގެ ނުވަވަނައަށް ސޮއްސާލާފައިވާއިރު، ޔޫރަޕްގެ މުބާރާތަކަށް ކޮލިފައިވުމަކީ މިހާރު އެ ޓީމަށް ބޮޑު ހަނގުރާމައެއް ކުރުންފަދަ އުނދަގޫކަމަކަށް މިވަނީ ވެފައެވެ. މީގެ އިތުރުން ހޮނިހިރު ދުވަހު މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅެ އެފްއޭ ކަޕް ފައިނަލުން ވެސް ވަނީ ބަލިވެފައެވެ.