ޚަބަރު
ރާޅާ އެޅުމަށް މޫދަށް ފޭބި ފަތުރުވެރިއަކު މަރުވެއްޖެ
ގދ. ވާދޫ/ފޮޓޯ: އެންނިއުސް
ރާޅާ އެޅުމަށް މޫދަށް ފޭބި ފަތުރުވެރިއަކު މަރުވެއްޖެ އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މީޑިއާތަކަށް ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ގދ. ވާދޫ ކައިރީގައި އޮތް ސަފާރީއަކުން ރާޅާ އެޅުމަށް މޫދަށް ފޭބި ފަތުރުވެރިއަކު ގެނބިގެން އުޅޭކަމުގެ މަޢުލޫމާތު، މިއަދު މެންދުރު ފަހު 12:57 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި މި ހާދިސާގައި ގެނބުނު މީހާ ގދ. ވާދޫ ޞިއްޙީ މަރުކަޒަށް ގެންދިޔައިރު ވެސް ނިޔާވެފައިވާކަމަށް ޞިއްޙީ މަރުކަޒުން މަޢުލޫމާތު ދީފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.
މި ޙާދިސާގައި ނިޔާވެފައިވަނީ ސްޕެއިންއަށް ނިސްބަތްވާ 53 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީގު ކުރަމުންނެވެ.