Ads by Farudhun

ޚަބަރު

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 400 އަށް ވުރެ ގިނަ ބަނގުރާ ނައްތާލައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 400 އަށް ވުރެ ގިނަ ބަނގުރާ ނައްތާލައިފި

ބަނގުރާ ނައްތާލަނީ / ފޮޓޯ: ފުލުހުން

ބ. ދަރަވަންދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި 400 އަށް ވުރެ ގިނަ ބަނގުރާ ފުލުހުން ނައްތާލައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިތަކެތި ނައްތާލާފައިވަނީ މި މޭ މަހުގެ 20 ވަނަ ދުވަހު ކަމަށެވެ. އަދި މި ބަނގުރާތައް ނައްތާލާފައިވަނީ ދަރަވަންދޫ ޕޮލިސް ސްޓޭޝަނުގެ ގޯތި ތެރޭގައިކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ނައްތާލާފައިވާ ބަނގުރާގެ ތެރޭގައި ހިމެނެނީ  2024 ނޮވެމްބަރު 6 އިން ފެށިގެން 2026 އެޕްރީލް 30 ގެ ނިޔަލަށް ދަރަވަންދޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ހިފަހައްޓައި، ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށެވެ. އަދި މީގެ ތެރޭގައި ހިމެނެނީ 274 ފުޅި ބަނގުރަލާއި، 198 ދަޅު ބަނގުރާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450