ކުޅިވަރު

މެންޗެސްޓަރ ސިޓީއިން ބަނާޑޯ ސިލްވަރގެ ކޮންޓްރެކްޓް އައު ނުކުރަން ނިންމައިފި

މެންޗެސްޓަރ ސިޓީއިން ބަނާޑޯ ސިލްވަރގެ ކޮންޓްރެކްޓް އައު ނުކުރަން ނިންމައިފި

ބަނާޑޯ ސިލްވާ މެންސްޗެސްޓަރ ސިޓީއާއެކު ކާމިޔާބުކޯށްފައިވާ ހުރިހާ ތައްޓަކާއެކު / ފޮޓޯ: މެންޗެސްޓަރ ސިޓީ

މި ސީޒަން ނިމޭތަނަށް ބަނާޑޯ ސިލްވާރ މެންޗެސްޓަރ ސިޓީއާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވިޔަސް، އިތުރު ކޮންޓްރެކްޓެއް ނުހެދުމަށް އެ ކްލަބުން ނިންމައިފިއެވެ. 

މެންޗެސްޓަރ ސިޓީއިން މިކަން ކަށަވަރުކޮށްފައިވާއިރު، އެ ކްލަބުގައި އޭނާ ހޭދަކުރި 9 އަހަރުގެ ތެރޭގައި، މީގެކުރިން އެ ކްލަބާއެކު އެހެން ކުޅުންތެރިއަކަށް ނުހޯދޭހާ ގިނަ ކާމިޔާބީތައް ވަނީ ހޯދާފައެވެ.

މި ސީޒަންގައި ސިޓީގެ ކެޕްޓަނެއްގެ މަޤާމު ވެސް އަދާކުރަމުންދާ ސިލްވާރ ވަނީ އެ ކްލަބާއެކު 20 ތައްޓެއް ހޯދާފައެވެ. އޭގެތެރޭގައި 6 ލީގު ތައްޓާއި، 5 ލީގު ކަޕްގެ ތައްޓާއި، 3 އެފްއޭ ކަޕް ތައްޓާއި އަދި 3 ކޮމިއުނިޓީ ޝީލްޑް ހިމެނެއެވެ. މީގެއިތުރުން ޗެމްޕިއަންސް ލީގާއި، ޔޫއެފާ ސުޕަރ ކަޕްގެ އިތުރުން އޭނާ ވަނީ ފީފާ ކްލަބް ވޯލްޑް ކަޕް ވެސް މެންޗެސްޓަރ ސިޓީއާއެކު ހޯދާފައެވެ. 

ސިލްވާރއަކީ ޕެޕް ގާޑިއޯލާ އެންމެ ގިނައިން ކުޅުވާފައިވާ ކުޅުންތެރިޔާކަމަށް މެންޗެސްޓަރ ސިޓީއިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން 9 އަހަރުގެ ތެރޭގައި އޭނާ 459 މެޗު ކުޅެފައިވާއިރު އެއީ ސީޒަނަކަށް ގާތްގަނޑަކަށް 50 މެޗެވެ. 

ބަނާޑޯ ސިލްވަރ މެންޗެސްޓަރ ސިޓީގެ ޖާޒީގައި / ފޮޓޯ: މެންޗެސްޓަރ ސިޓީ


މި ސީޒަންގައި މެންޗެސްޓަރ ސިޓީ ކުޅޭ އެންމެ ފަހު މެޗު މިއަންނަ އާދީއްތަ ދުވަހަށް ތާވަލުކޮށްފައިވާއިރު، އެއީ މެންޗެސްޓަރ ސިޓީގެ ޖާޒީގައި އޭނާ ކުޅޭނެ އެންމެ ފަހު މެޗެވެ. 

އަންނަ ސީޒަންގައި ސިލްވަރ ފެންނާނެކަމަށް އެންމެ ބޮޑަށް ބެލެވެނީ ބާސެލޯނާއިންނެވެ. ނަމަވެސް އިޓަލީގެ ޖުވެންޓަސް އާއި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑުން ވެސް އަންނަނީ އޭނާއަށް ކަޅިއަޅަމުންނެވެ. ސިލްވަރ ބުނެފައި ވަނީ، ވޯލްޑް ކަޕްގެ ކުރިން އޭނާ ގޮތެއް ނިންމާނެކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450