Ads by Farudhun

ޚަބަރު

އިންޑިއާގައި ކުރިއަށްދާ "އެކްސަސައިޒް ޕްރަގާޓީ 2026" ގައި ދިވެހި ސިފައިން ބައިވެރިވެއްޖެ

އިންޑިއާގައި ކުރިއަށްދާ "އެކްސަސައިޒް ޕްރަގާޓީ 2026" ގައި ދިވެހި ސިފައިން ބައިވެރިވެއްޖެ

އެކްސަސައިޒްގެ ތެރެއިން، ފޮޓޯ: އެމްއެންޑީއެފް

އިންޑިއާގެ އަސްކަރިއްޔާއިން ކުރިއަށްގެންދާ "ޕާޓްނަރޝިޕް އޮފް ރީޖަނަލް އަރމީސް ފޮރ ގްރޯތު އެންޑް ޓްރާންސްފޯމޭޝަން އިން ދަ އިންޑިއަން އޯޝަން ރީޖަން"، (އެކްސަސައިޒް ޕްރަގާޓީ 2026) ގައި އެމްއެންޑީއެފުން ބައިވެރިވެއްޖެއެވެ.

މިހިނގާ މޭ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ދެ ހަފުތާގެ މުއްދަތަށް އިންޑިއާގެ މެގަލައިޔާގައި ހުންނަ އަމްރޯއި މިލިޓަރީ ސްޓޭޝަނުގައި ކުރިއަށްދާ މި އެކްސަސައިޒުގައި އިންޑިއާ އާއި ދިވެހިރާއްޖޭގެ އިތުރުން، ބޫޓާން، ކެމްބޯޑިއާ، އިންޑޮނޭޝިއާ، ލައޯސް، މެލޭޝިއާ، މިޔަންމާ، ނޭޕާލް، ފިލިޕީންސް، ސީޝެލްސް، ސްރީލަންކާ، އަދި ވިއެޓްނާމް ބައިވެރިވެއެވެ.

މި އެކްސަސައިޒް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައިވަނީ ފަރުބަދަމަތީ އަދި ޖަންގަލި ސަރަޙައްދުތަކުގައި ހިންގާ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންސްތަކުގެ މައްޗަށެވެ. ފަންނީ މަޢުލޫމާތާއި ތަޖުރިބާ ހިއްސާކުރުމަށާއި، އަސްކަރިއްޔާތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާ ކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މި އެކްސަސައިޒުގައި، ޖޮއިންޓް ޕްލޭނިންގ އެކްސައިޒްތަކާއި، ޓެކްޓިކަލް ޑްރިލްސް، އަދި ކޯޑިނޭޓެޑް އޮޕަރޭޝަންސް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މި އެކްސަސައިޒުގައި، އެމްއެންޑީއެފް ސްޕެޝަލް ފޯސަސް، އެމްއެންޑީއެފް ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕް، އެމްއެންޑީއެފް ސްޕެޝަލް ބޯޓް ސްކޮޑްރަން އަދި އެމްއެންޑީއެފް މެރީންސް ހިމެނޭހެން 30 ސިފައިންނާއި 2 އޮފިސަރަކު ބައިވެރިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450