ކުޅިވަރު

އިނގިރޭސި ލީގުގެ މި ސީޒަންގެ އެންމެ މޮޅު ކުޅުންތެރިއަކަށް ބްރޫނޯ

އިނގިރޭސި ލީގުގެ މި ސީޒަންގެ އެންމެ މޮޅު ކުޅުންތެރިއަކަށް ބްރޫނޯ

ބްރޫނޯ ފެނާންޑޭޒް---

އިނގިރޭސި ޕްރިމިއަރ ލީގުގެ މި ސީޒަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު، މެންޗެސްޓަރ ޔުނައިޓެޑުގެ ބްރޫނޯ ފެނާންޑޭޒްއަށް ލިބިއްޖެއެވެ. މިއީ މި މަޤާމު އޭނާއަށް ލިބުނު ފުރަތަމަ ފަހަރެވެ.

ފެނާންޑޭޒް ވަނީ މުޅި ސީޒަންގައި ވެސް ރަނގަޅު ފޯމެއްގައި ކުޅެ، މެންޗެސްޓަރ ޔުނައިޓެޑުން މި ސީޒަންގައި ހޯދި ކާމިޔާބީގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން ޔުނައިޓެޑުން ވަނީ ދެ ސީޒަނަށް ފަހު ލީގުގެ ތިންވަނަ ޔަޤީންކޮށް ޗެމްޕިއަންސް ލީގުން ޖާގަ ހޯދާފައި ވަނީ ބްރޫނޯގެ ބޮޑު ޙިއްޞާއަކާއެކުއެވެ.

ބްރޫނޯ ވަނީ މި ސީޒަންގައި ޔުނައިޓެޑުން ކާމިޔާބުކުރި 28ގައި ޝާމިލުވެފައެވެ. އެގޮތުން ލީގުގައި ބާކީ އެއް މެޗު އޮއްވައި އޭނާ 8 ގޯލު ކާމިޔާބުކޮށްފައިވާއިރު 20 ގޯލަށް އެސިސްޓުކޮށްދީފައި ވެއެވެ. 

މި ކާމިޔާބީއާ ގުޅިގެން ބްރޫނޯ ބުނީ، މިއީ ޓީމުގެ އެއްބާރުލުމާއެކު އޭނާއަށް ލިބުނު ކާމިޔާބެއް ކަމަށް ބުނެފައެވެ. އެހެންކަމުން ޓީމުގެ ހުރިހާ ކުޅުންތެރިންނަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.

ޕްރިމިއަރ ލީގުގެ އެންމެ ފަހު މެޗުތަށް މިރެއަށް ތާވަލުކޮށްފައިވާއިރު މިރޭ ބްރޫނޯ އެސިސްޓެއްކޮށްފިނަމަ އޭނާ ވާނީ ޕްރިމިއަރ ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނައިން އެސިސްޓުކޮށްދިން ކުޅުންތެރިޔާއަށެވެ. މިހާރުގެ 20 އެސިސްޓާއެކު އޭނާ އޮތީ މެންޗެސްޓަރ ސިޓީގެ ކެވިން ޑި ބްރޫނޭ އާއި އާސެނަލްގެ ތިއެރީ އޮންރީއާ އެއް ހަމައެއްގައެވެ.

ބްރޫނޯއަކީ މިހާރު ޔުނައިޓެޑުގެ ތާރީޙުގައި އެއް ސީޒަނެއްގައި އެންމެ ގިނަ އެސިސްޓުކޮށްދިން ކުޅުންތެރިޔާއެވެ. މިއީ މި ސީޒަންގެ ކުރިން 15 އެސިސްޓާއެކު ޔުނައިޓެޑަށް ކުޅުނު ޑޭވިޑް ބެކަމްގެ އަތުގައި އޮތް ޝަރަފެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450