Ads by Farudhun

ޚަބަރު

ދިވެހި ތާރީޚުގައި ވެސް މިއީ ޙައްޖުވެރީންނަށް ދެވޭ އެންމެ މަތީ ޚިދުމަތް: ވަޒީރު ޝަހީމް

ދިވެހި ތާރީޚުގައި ވެސް މިއީ ޙައްޖުވެރީންނަށް ދެވޭ އެންމެ މަތީ ޚިދުމަތް: ވަޒީރު ޝަހީމް

ވަޒީރު ޝަހީމް---

farudhun logo

ފަރުދުން

24 މޭ 2026، 09:56

24 މޭ 2026، 09:56

ދިވެހި ތާރީޚުގައި ވެސް މިއީ ޙައްޖުވެރީންނަށް ދެވޭ އެންމެ ފެންވަރު ރަނގަޅު ޚިދުމަތްކަމަށް، އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވީ "މައްކާ ރޫޓް އިނީޝިއޭޓިވް"ގެ ދަށުން މި އަހަރު ވެސް ދިވެހި ޙައްޖާޖީންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް ލިބޭނެ އިންތިޒާމު ހަމަޖެހިފައި ވަނިކޮށެވެ. މީގެއިތުރުން މި އަހަރު ޙައްޖު ކޯޕަރޭޝަނުގެ ޚިދުމަތްތަކަކީ ވެސް މީގެކުރިން މި ޚިދުމަތްތައް ދީފައިނުވާ ފެންވަރަށް ދެވޭ ރަނގަޅު ޚިދުމަތްތަކެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ޝަހީމް ވިދާޅުވީ، މިރޭ މައްކާގަޑިން 9:30 ގައި ދިވެހި ޙާޖީން މިނާއަށް ދަތުރު ފަށާނެކަމަށާއި، އަދި މާދަމާ ރޭ ޢަރަފާތަށް ދަތުރު ފަށާނެ ކަމަށެވެ. ވަޒީރު ވަނީ މި ދަތުރުތަކުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އެންމެހައި ޙާޖީންނަށް ތައުފީޤު ދެއްވުމަށް އެދި ދުޢާ ދަންނަވާފައެވެ.

އަދި ރާއްޖޭގެ ޙައްޖު މިޝަންއިން ދަނީ ޙާޖީންގެ ކަންކަން ވަރަށް ގާތުން ބަލަމުން ކަމަށާއި، ދިވެހި ސަރުކާރުން އަބަދުވެސް ޙާޖީންނަށް ގާތުން ޚިދުމަތް ދިނުމުގައި ދެމި އޮންނާނެކަން ފާހަގަކުރެއްވިއެވެ.

ޙައްޖުވެރިންގެ ދަތުރު ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ސަޢުދީ ޢަރަބިއްޔާއިން ކުރިއަށް ގެންދާ މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމަނާފައިވަނީ 1446 ވަނަ އަހަރުގެ ޙައްޖު މޫސުމުގައެވެ. އެގޮތުން މިދިޔަ އަހަރު ދިވެހިރާއްޖޭގައި މި ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450
މ

މުހައްމަދު

25/05/2026 05:53

އިސްލާމަކަށްވީތީ އިސްލާމްކަމުގެ ފަދސްވަނަ ރުކުން އަދާ ކުރުމަށް އެކަމަށް ކުޅަދާނަވީމީހާ އެދަނީ ސިޔާސީންގެ ތައްޕާހުން މަތީފެންވަރުގެ ޚިދުމަތް ލިބިގަންނާކަށް ނޫނެވެ. އެއީ ބުރަ އުފުލަންޖެހޭ އަޅުކަމެއްކަން އެނގިހުރެއެވެ. މާތް الله ގެ ރުއްސެވުން ލިބޭތޯއެވެ. ޝަހީމު މެން ތި ސަކަރާއްޖެހުން ހުއްޓާލައި ހައްޖަށް ދާން ފައިސާ ދެއްކި މީހުންނަށް އެފުރުސަތު ދޭށެވެ.