Ads by Farudhun

ޚަބަރު

ކަރަންޓު ހިދުމަތުގެ ކުއްލި ހާލަތްތަކަށް ދުރާލާ ތައްޔާރުވުމަށް ޕްލޭނެއް އެކުލަވާލަނީ

ކަރަންޓު ހިދުމަތުގެ ކުއްލި ހާލަތްތަކަށް ދުރާލާ ތައްޔާރުވުމަށް ޕްލޭނެއް އެކުލަވާލަނީ

ޖެނެރޭޓަރު ހަރުކުރުމުގެ މަސައްކަތް./ ފޮޓޯ؛ ފެނަކަ

farudhun logo

ފަރުދުން

21 ނޮވެމްބަރު 2026، 01:51

21 ނޮވެމްބަރު 2026، 01:51

ކަރަންޓުގެ ހިދުމަތުގެ ކުއްލި ހާލަތްތަކަށް ދުރާލާ ތައްޔާރުވުމަށް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާޖީ މިނިސްޓްރީ އިން ބުނެފިއެވެ.

މިކަން އެ މިނިސްޓްރީގެ ފަރާތުން ހާމަކުރައްވާފައިވަނީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުއާވިޔަތު މުހައްމަދު އެވެ. ޑރ. މުއާވިޔަތު މިކަން ހާމަކުރެއްވީ ދައުލަތުގެ މީޑިޔާ ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުއާވިޔަތު ވިދާޅުވީ އަދުގެ ސަރުކާރުން ކަރަންޓުގެ ހިދުމަތް އިތުރަށް ތަރައްގީކުރުމަށް ހާއްސަ އިސްކަމެއް ދީފައިވާ ކަމަށާއި ރާއްޖެ އަކީ މި ސަރަހައްދުގެ އެންމެ ރަނގަޅަށް ކަރަންޓު ލިބޭ ގައުމުކަމަށެވެ.

ޑރ. މުއާވިޔަތު ވިދާޅުވީ ހަކަތައިގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ރާއްޖެއިން ބަރޯސާވަނީ ތެލަށް ކަމަށް ވުމާއެކު، ދިމާވެދާނެ ހާލަތަކަށް ތައްޔާރުވުން މުހިންމުކަމަށެވެ.

"ދުނިޔޭގެ ކޮންމެ ތަނަކަށް އަންނަ ކޮންމެ ލޮޅުމަކަށް މި އިންޑަސްޓްރީއަށް އަސަރުކުރާނެ. މި ވަގުތަށް ކުރެވިދާނެކަންކަމަށް ވެސް ތައްޔާރުވަމުންދަނީ. އަދި ދުރުރާސްތާ ޕްލޭންތަކެއް ވެސް އެކުލަވާލަމުން އަޅުގަނޑުމެން މިދަނީ." 

ޑރ.މުއާވިޔަތު މުހައްމަދު ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާޖީ މިނިސްޓްރީގެ އެސިސްޓެންޓް އިންޖިނިއާ އަބްދުއްރަޝީދު ވާހަކަ ދެއްކެވިއެވެ. އަބްދުއް ރަޝީދު ވިދާޅުވީ ހަކަތަކައިގެ ދާއިރާއިން ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖެ އުފެދިފައި އޮތް ގޮތް ކަމަށާއި އެގޮތުން ކޮންމެ ރަށެއްގައި ވަކި އިންޖީނުގެއެއް ގާއިމްކުރަންޖެހުން ފާހަގަ ކުރެއްވިއެވެ.

"ހަކަތަކައިގެ ދާއިރާއިން ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖެ އުފެދިފައި އޮތް ގޮތް. ގުދުރަތީ ވަކި ރަށްތަކަކަށް ރާއްޖެ ބެހިފައި ވުމުން ކޮންމެ ރަށެއްގައި ވަކި އިންޖީނުގެއެއް ޤާއިމްކުރަން ޖެހުމާއި، އެމަރޖެންސީ ހާލަތުގައި ރަށަކަށް އެއްޗެއް ފޯރުކޮށްދިނުމުގައި ދަތިތަކާއި ކުރިމަތިލާންޖެހޭ. ތެލަށް ބަރޯސާވެގެން ހަކަތައިގެ ނިޒާމު ހިންގަމުންދާތީ ތެލުގެ އަގަށް އަންނަ ބަދަލުގެ ސަބަބުން ވެސް ހަކަތައިގެ ޚިދުމަތް ފޯރުކޮށްދިނުމަށް ގޮންޖެހުންތައް ދިމާވޭ" 

އަބްދުއްރަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ރަށްތައް ހުންނަ ގޮތުން ކަރަންޓު ބޭނުންވާ މިންވަރު ވަރަށް ބޮޑު ކަމަށާއި  އެ ދާއިރާއަށް ރަނގަޅު އިންވެސްޓްމެންޓްތަކެއް ކުރުމަށާ، އިއާދަކުރުވަނިވި ހަކަތައަށް ޚިދުމަތް ބަދަލުކުރުމަށް ވިސްނުން ގެންގުޅުއްވާކަމަށް އެ މިނިސްޓްރީ އިން މީގެ ކުރިން ބުނެފައިވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450