Ads by Farudhun

ޚަބަރު

ފިނޭގެ ކުރެދި ބީޗް ތަރައްގީކުރުމަށް ބީލަން ހުށަހެޅުމަށް ހުޅުވާލައިފި

ފިނޭގެ ކުރެދި ބީޗް ތަރައްގީކުރުމަށް ބީލަން ހުށަހެޅުމަށް ހުޅުވާލައިފި

ހދ. ފިނޭ

farudhun logo

ފަރުދުން

21 ނޮވެމްބަރު 2026، 01:13

21 ނޮވެމްބަރު 2026، 01:13

ހދ. ފިނޭގެ ބަނދަރު ދެކުނު ސަރަހައްދުގައިވާ ''ކުރެދި ބީޗް'' ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

އެ ރަށުގެ ކައުންސިލް އިދާރާއިން ކުރި އިއުލާނުގައި ބުނެފައިވަނީ މި މަޝްރޫއުއަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށްކަމަށާއި ބީލަމުގައި ބައިވެރިވުމަށް  ފޯމު ހުށަހަޅައި ރަޖިސްޓްރީވާން ޖެހޭނެ ކަމަށެވެ. އަދި ބީލަން ހުށަހެޅޭނީ ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށާއި ރަޖިސްޓްރީ ވުމުގެ ސުންގަޑިއަކީ 2026 ނޮވެމްބަރ 29 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:00 ކަމަށް ވެސް ބުނެފައިވެއެވެ.

ބީލަމަށް ކުރިމަތިލާ ކޮންމެ ފަރާތަކަށް ވެސް ހުށަހެޅޭނީ އެންމެ ބީލަމެއް ކަމަށާއި ބީލަން ތައްޔާރުކުރުމަށާއި ބީލަން ހުށަހެޅުމަށް ކުރާ އެންމެހައި ހަރަދެއް ކުރާނީ އެ ބީލަން ހުށަހަޅާ ފަރާތުން ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ. ބީލަމަށް ކުރިމަތިލާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ  2 ޑިސެމްބަރ 2026 ވާ ބުދަ ދުވަހުގެ ހެނދުނު 11:00ގައި ފިނޭ ކައުންސިލް އިދާރާގައި ކަމަށް ބުނެފައިވެއެވެ. އީމެއިލް އަދި ފެކްސް އިން ފޮނުވާ އީމެއިލް ބަލައި ނުގަންނާނެ ކަމަށާއި ބީލަމަށް ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަނޑީގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައި ނުގަންނާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ބީލަން އޮންނަން ވާނީ ބަންދު ކުރެވިފައި ކަމަށާއި ސިޓީ އުރައިގެ ބޭރުގައި ބީލަމުގެ ނަންލިޔެފައި އޮންނަން ޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ. އަދި ސިޓީ އުރައިގެ މަތީ ކަނުގައި ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ފޯނު ނަންބަރު ލިޔެފައި އޮންނަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން އެ އިއުލާނުގައި ބުނެފައިވަނީ ބީލަން ކާމިޔާބުކުރާ ފަރާތްތަށް އެކަމުގެ ލިޔުން ފޮނުވާތާ ގިނަވެގެން ބަންދުނޫން 05 ދުވަހުގެ ތެރޭގައި ބީލަން ކާމިޔާބު ކުރާ ފަރާތާއި ދެމެދު މަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކުރަން ޖެހޭނެ ކަމަށާއި ކާމިޔާބުނުވި ފަރާތްތަކަށް ވެސް ލިޔުމުން އެކަން އަންގަންޖެހޭނެ ކަމަށް ބުނެފައިވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450