Ads by Farudhun

ޚަބަރު

ސަރުކާރު ކެންޑިޑޭޓަކު ހުރުމުން ތަރައްޤީގެ މަސައްކަތްތައް އަވަސްވެގެންދޭ: ސިނާން

ސަރުކާރު ކެންޑިޑޭޓަކު ހުރުމުން ތަރައްޤީގެ މަސައްކަތްތައް އަވަސްވެގެންދޭ: ސިނާން

ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުޙައްމަދު ސިނާން. ފޮޓޯ: ސިނާންގެ އެކްސް ޕޭޖް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 މޭ 2026، 02:21

30 މޭ 2026، 02:21

ސަރުކާރުގެ ކެންޑިޑޭޓަކު ހުރުމުން ތަރައްޤީގެ މަސައްކަތްތައް އަވަސްވެ، ދިމާވާ ގޮންޖެހުންތަކަށް ހައްލު ލިބިގެންދާކަން ސާބިތުވެފައިވާ ކަމަށް ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުޙައްމަދު ސިނާން ވިދާޅުވެއްޖެއެވެ.

ސިނާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވޭތުވެދިޔަ ވިއްސަކަށް އަހަރު ދުވަހު އަޅާނުލެވި، ތަރައްޤީގެ ދުވެލި ހުއްޓިފައި އޮތް ހިތަދޫ އުތުރު ދާއިރާއަށް މިއަދު އާ ރޫހަކާއި ދިރުމެއް ލިބިފައިވާ ކަމަށެވެ. އަދި ދާއިރާގެ ޒުވާނުން ބޭނުންވާ މުހިންމު ކަންކަން ހަގީގަތަކަށް ވަމުންދާ ދިއުމަކީ ކޮންމެ ރައްޔިތަކުވެސް އުފަލާއެކު ބަލައިގަންނަ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޚާއްޞަ ގޮތެއްގައި ހިތަދޫ އުތުރު ދާއިރާގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތަށް އަލިއަޅުއްވާލައްވަމުން ސިނާން ވިދާޅުވީ، އެ ދަނޑު ތަރައްޤީކުރުމަށް ޒުވާނުން އެދެމުން އަންނަތާ އެތައް އަހަރެއް ވެފައިވާ އިރު، މާޒީގައި އެ މަސައްކަތް ކުރިއަށް ގޮސްފައިވަނީ ވަރަށް ލަސް ދުވެއްޔެއްގައި ކަމަށެވެ. އެގޮތުން ވަށާފާރު ރާނައި ނިންމުމަށްފަހު، ދާޖެހުން ފަދަ ކުދި މަސައްކަތްތަކާ ދެމެދުވެސް އެތައް އަހަރެއް ބޭކާރުވެގެން ގޮސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ނަމަވެސް، ސަރުކާރު ކެންޑިޑޭޓަކު ހުރުމުން މަސައްކަތްތައް އަވަސްވެ، ދިމާވާ ގޮންޖެހުންތަކަށް ހައްލުލިބިގެންދާކަން މިއަދު މިވަނީ ސާބިތުވެފަ. މިއީ ސަރުކާރާ ގުޅިގެން، އެއް މިސްރާބަކަށް ކުރެވުނު އިޚުލާޞްތެރި މަސައްކަތުގެ ފޮނި ނަތީޖާ،" ސިނާން ވިދާޅުވިއެވެ.

ސިނާން ވަނީ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުން، ސަރުކާރުގެ ކެންޑިޑޭޓް އަޙްމަދު ސަޢީދު (ސޮޑާ) އަށް ވޯޓު ދެއްވައި، އޭނާ އިންތިޚާބު ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450