Ads by Farudhun

ޚަބަރު

އިންޓަޕޯލް ސައިބަރ ގޭމްސްގައި ރާއްޖޭގެ ދެފުލުހަކު ބައިވެރިވެއްޖެ

އިންޓަޕޯލް ސައިބަރ ގޭމްސްގައި ރާއްޖޭގެ ދެފުލުހަކު ބައިވެރިވެއްޖެ

އިންޓަޕޯލް ސައިބަރ ގޭމްސްގައި ރާއްޖޭގެ ދެފުލުހަކު ބައިވެރިވުން. ފޮޓޯ: ފުލުހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

31 މޭ 2026، 05:27

31 މޭ 2026، 05:27

މޮރޮކޯގެ މަރަކޭޝްގައި ބޭއްވި އިންޓަޕޯލްގެ 8 ވަނަ ޑިޖިޓަލް ސެކިއުރިޓީ ޗެލެންޖް (ސައިބަރ ގޭމްސް) ގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ދެ އޮފިސަރަކު ބައިވެރިވެއްޖެއެވެ.

މި ހަރަކާތް ކުރިއަށް ގޮސްފައިވަނީ 2026 މެއި 19 އިން 21 އަށެވެ.

މި ޕްރޮގްރާމަކީ ސައިބަރ ކުށްތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި ބޭނުންވާ އަމަލީ ހުނަރުތައް އިތުރުކުރުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މީގެ ތެރޭގައި ސްކޭމް ނެޓްވޯކްތަކާ ދެކޮޅަށް ގުޅިގެން ހިންގާ އޮޕަރޭޝަންތަކާއި، އިންޓެލިޖެންސް މައުލޫމާތު ބޭނުންކުރުމާއި، ހެކި ބެލެހެއްޓުމުގެ އިތުރުން ތުހުމަތުކުރެވޭ ފަރާތްތަކާ ސުވާލުކުރުމުގެ ހުނަރުތައް ހިމެނެއެވެ.

މީގެ އިތުރުން، ބައިނަލްއަގުވާމީ ގާނޫނީ ވަސީލަތްތައް ބޭނުންކޮށްގެން ސައިބަރ ކުށްތައް ތަހުގީގުކުރާނެ ގޮތްތަކާ ގުޅޭގޮތުން ވެސް މި ތަމްރީނުތަކުގައި މައުލޫމާތު ދީފައިވެއެވެ. މިއީ ޑިޖިޓަލް އިންވެސްޓިގޭޝަން ދާއިރާއިން ފުލުހުންގެ ގާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ.


މިފަދަ ބައިނަލްއަގުވާމީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ސަބަބުން، ބޯޑަރު ހުރަސްކޮށް ހިންގާ އޮންލައިން ފްރޯޑް ނުވަތަ މަކަރާއި ހީލަތުގެ މައްސަލަތައް ހުއްޓުވުމުގައި އެހެން ގައުމުތަކާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ރާއްޖޭގެ ފުލުހުންނަށް ފަހިވެގެންދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450