Ads by Farudhun

ޚަބަރު

ދެ ޕާޓީއެއް އުވާލަން އީސީން ނިންމައިފި

ދެ ޕާޓީއެއް އުވާލަން އީސީން ނިންމައިފި

ދެ ޕާޓީއެއް އުވާލަން އީސީއިން ނިންމުން---

03 ޖޫން 2026، 07:07

ދިވެހިރާއްޖޭގެ ދެ ސިޔާސީ ޕާޓީއެއް އުވާލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފިއެވެ. 

އެގޮތުން އީސީއިން ނިންމާފައި ވަނީ ދަ ޑިމޮކްރެޓްސް އާއި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލުމަށެވެ. އެއީ އެ ދެ ޕާޓީގެ  ދަފްތަރުގައި ޤާނޫނުނުގައި ބަޔާންކުރާ އަދަދަށް މެންބަރުން ނެތުމުންނެވެ.

ޤާނޫނު ބުނާ ގޮތުން ސިޔާސީ ޕާޓީއެއް ދެމިއޮންނާނީ އެ ޕާޓީއެއްގައި އެންމެ މަދުވެގެން 3،000 މެންބަރުން ހަމަވާނަމައެވެ. ނަމަވެސް، ޑިމޮކްރެޓްސް އާއި ލޭބަރ ޕާޓީގައި ވެސް އެ އަދަދަށް މެންބަރުން ނެތުމުން، މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި ވެސް އެ އަދަދަށް މީހުން ހަމަކުރެވިފައި ނުވާކަމަށް އީސީއިން ވަނީ ހާމަކޮށްފައެވެ.

އިލެކްޝަންސްއިން ހާމަކޮށްފައިވާ ގޮތުގައި، ދަ ޑިމޮކްރެޓްސްގެ ރަޖިސްޓްރީގައި ތިބީ 1،569 މެމްބަރުންކަމަށާއި، އަދި އެމްއެލްއެސްޑީޕީގައި ތިބީ 1،357 މެމްބަރުންނެވެ.  އެހެންކަމުން އެ ދެ ޕާޓީ ވެސް ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކުރުމަށް ނިންމާފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

ޑިމޮކްރެޓްސްއަކީ 2023ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާ ކެނޑިޑޭޓަކު ހޮވުމަށް ބޭއްވި އެތެރޭގެ އިންތިޚާބަށްފަހު އެ ޕާޓީގެ ތެރޭގައި އުފެދުނު ބައިބައިވުންތަކާ ގުޅިގެން، ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދި ޕާޓީއެކެވެ. ނަމަވެސް ރައީސް ނަޝީދު އާއި އޭރު ޑިމޮކްރެޓްސްއަށް ދިޔަ ގިނަ ބަޔަކު ފަހުން ވަނީ އެމްޑީޕީއާ އަލުން ގުޅިފައެވެ.

ލޭބަރ ޕާޓީއަކީ މީގެ ކުރިން 2023 ވަނަ އަހަރުވެސް އުވާލަން ނިންމި ޕާޓީއެކެވެ. ނަމަވެސް އެ ޕާޓީ އުވާލާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމާއެކު އެ ޕާޓީ އަލުން ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި މިދިޔަ އަހަރު ނޮވެންބަރު މަހު ވަނީ ހިމަނާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450