Ads by Farudhun

ޚަބަރު

ޤައުމީ ޔުނިވަރސިޓީން އިންތިޒާމުކުރާ ވަޒީފާގެ މައުރަޒު ފަށައިފި

ޤައުމީ ޔުނިވަރސިޓީން އިންތިޒާމުކުރާ ވަޒީފާގެ މައުރަޒު ފަށައިފި

ވަޒީފާގެ މައުރަޒު / ފޮޓޯ: ޕީއެސްއެމް

farudhun logo

ފަރުދުން

03 ޖޫން 2026، 08:41

03 ޖޫން 2026، 08:41

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އިންތިޒާމުކުރާ ވަޒީފާގެ މައުރަޒު މިއަދު ރަސްމީކޮށް ފަށައިފިއެވެ.

"ފަހި ފުރުސަތު"ގެ ނަމުގައި ކުރިޔަށްގެންދާ މި މައުރަޒުގެ މަޤުސަދަކީ އެ ޔުނިވަރސިޓީން ދަސްވެނިވާ ދަރިވަރުންނަށާއި، ވަޒީފާ ހޯދަމުންދާ ފަރާތްތަކަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމެވެ.

މި މައުރަޒު ކުރިޔަށް ދާނީ މި މަހުގެ 3 އިން 5 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހަވީރު އާއި ރޭގަނޑުއެވެ. އެގޮތުން ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް މައުރަޒު ހުޅުވާލާފައި ވާނެކަމަށް އެމްއެންޔޫއިން މަޢުލޫމާތުދެއެވެ.

މި މައުރަޒުގައި ގިނަ ސްޓޯލްތަކެއް ވަނީ ޤާއިމްކޮށްފައެވެ. އޭގެތެރޭގައި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ ސްޓޯލްތައް ވެސް ހިމެނެއެވެ. މީގެއިތުރުން އެމްއެންޔޫގެ އެކި ދާއިރާތަކުގެ ސްޓޯލްތައް ވެސް މި މައުރަޒުގައި ހުންނާނެއެވެ.

އެމްއެންޔޫއިން އިތުރަށް ބުނީ، ވަޒީފާގެ ފުރުސަތުތަކުގެ އިތުރުން، އެ މައުރަޒުގެ ތެރެއިން ދަރިވަރުންނަށް ބޭނުންވާ ކެރިއަރ ގައިޑެންސް ނުވަތަ ދާއިރާތަކުން ކުރިއަށްދާނެ ގޮތުގެ އިރުޝާދު ވެސް ދެވިގެންދާނެ ކަމަށެވެ.

މި މައުރަޒުގެ ޝިއާރަކީ "ގިވިން ބެކްޓު ސޮސަޓީ" ނުވަތަ މުޖުތަމައަށް އަނބުރާ ދިނުން މިއެވެ. އެހެންކަމުން އެމްއެންޔޫއިން ބުނީ ވަޒީފާ އުފައްދާ ފަރާތްތަކާއި ވަޒީފާ ހޯދާ ފަރާތްތަކަށް އެ މައުރަޒުން ބައްދަލުވެ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. 

މި މައުރަޒަށް ޒިޔާރަތްކުރުމުގެ ފުރުސަތު ވަނީ އާންމުކޮށް ހުޅުވާލާފައެވެ. މިއީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ފުރުސަތުތައް ދެނެގަނެ، ފަންނީ ހުނަރުވެރި ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެއްކަމަށް އެންއެމްޔޫއިން ފާހަގަކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450