ކުޅިވަރު
ނެޓްބޯޅަ ކުރިއެރުވުމަށް ބީއެމްއެލްއިން އެހީތެރިވާން އެއްބަސްވެއްޖެ
ނެޓްބޯޅަ އެސޯސިއޭޝަނާއި ބީއެމްއެލްއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން / ފޮޓޯ: ބީއެމްއެލް
ނެޓްބޯޅަ ކުރިއެރުވުމަށް އެހީތެރިވުމަށް، ނެޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން، ނެޓްބޯލް އެސޯސިއޭޝަނުން ކޮންމެ އަހަރަކު ބާއްވާ އިންޓަރސްކޫލް ނެޓްބޯލް ޓޯނަމެންޓް (ބީއެމްއެލް ރާއްޖެ ޖޫނިއަރ ނެޓްބޯލް ޗެމްޕިއަންޝިޕް) އަދި ޖޫނިއާ ޗެމްޕިއަންޝިޕް ޓޯނަމެންޓްއަށް ބީއެމްއެލްއިން އެހީތެރިވުމަށް ވަނީ ނިންމާފައެވެ.
We are partnering with the Netball Association of Maldives to support the development of netball in the Maldives and nurture young talent. 🙌
— Bank of Maldives (@bankofmaldives) June 15, 2026
As part of this three-year partnership, we will sponsor NAM's annual Interschool Netball Tournament (BML Raajje Junior Netball… pic.twitter.com/lEysaTi4MV
ނެޓްބޯޅަ ކުރިއެރުވުމުގައި އެންމެ އިސް ދައުރެއް މަތިކޮށްފައި އޮންނަ ނެޓްބޯޅަ އެސޯސިއޭޝަނުން ކޮންމެ އަހަރަކު ވެސް އެކި ލެވެލްގެ މުބާރާތްތައް ބާއްވައެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް ވަނީ ނެޓްބޯޅަ އެސޯސިއޭޝަން ޗެމްޕިއަންޝިޕާއި، ނޭޝަނަލް ނެޓްބޯޅަ ޓީނަމެންޓުގެ ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުގެ އިތުރުން މުޅިން އަލަށް ތަޢާރަފްކުރި ނޭޝަނަލް ނެޓްބޯޅަ ލީގު ވެސް ބާއްވާފައެވެ.
އަދި މި މަހުގެ 17 ވަނަ ދުވަހު ރާއްޖެ ޖޫނިއަރ ނެޓްބޯޅަ ޗެމްޕިއަންޝިޕް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. މި މުބާރާތަކީ 15 އަހަރުން ދަށާއި 17 އަހަރުން ދަށަށް ބާއްވާ މުބާރާތެކެވެ.
ބީއެމްއެލްއިން އަންނަނީ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ކުޅިވަރު ހަރަކާތްތަކާއި ގައުމީ އެސޯސިއޭޝަންތަކާއެކު ގާއިމުކުރާ ސްޓްރެޓީޖިކް ޕާޓްނަރޝިޕްތަކުގެ ޒަރިއްޔާއިން، މުޅި ރާއްޖޭގައި ކުޅިވަރުގެ ހުނަރުތައް ތަރައްގީކުރުމަށް މަސައްކަތް ކުރަމުންނެވެ.
މީގެތެރޭގައި ފުޓްބޯލް އެސޯސިއޭޝަން، ބާސްކެޓްބޯލް އެސޯސިއޭޝަން، މޯލްޑިވްސް އެކުއަޓިކްސް އެސޯސިއޭޝަން، ސަރފިންގ އެސޯސިއޭޝަން، ޓެނިސް އެސޯސިއޭޝިއަންގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ހިމެނެއެވެ.